twitterviber whatsapp telegramfacebookyoutube instagram
21st September 2019

ނިއުޔޯކްގައި ވެސް ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓާލަނީ

ޚަދީޖާ އާދަމް
Apr 23, 2019

ނިއުޔޯކްގައި ވެސް ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓާލުމަށް ނިންމައިފި އެވެ. އަހަރެއްގެ މައްޗަށް ނިއުޔޯކުގައި 23 ބިލިއަން ޕްލާސްޓިކް ކޮތަޅު ބޭނުން ކުރާއިރު ކެލިފޯނިޔާއަށް ފަހު ނިއުޔޯކަކީ ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން މަނާކުރި ދެވަނަ ސިޓީއެވެ.

ނިއުޔޯކުގެ ގާނޫނު ހަދާ ފަރާތްތަކުން މުޅި ސްޓޭޓަށް ވަނީ އެއްފަހަރު ބޭނުން ކުރެވޭ ޕްލާސްޓިކް ކޮތަޅު ރީޓެއިލް ފިހާރަތަކުގައި ވެސް ބޭނުން ކުރުން އެއްކޮށް މަނާކޮށްފަ އެވެ.

މިއާއި އެކު ދެން ބޭނުން ކުރެވޭނީ ރެސްޓޯރެންޓްތަކުގައި ބޭނުން ކުރާފަދަ ޓޭކްއަވޭ ބޭގު ނުވަތަ ކަރުދާސް ކޮތަޅު، ފޮތި ކޮތަޅު، ފަދަ ތަކެއްޗެވެ. ޕްލާސްޓިކް ކޮތަޅު ބޭނުން ނުކުރަން ނިންމީ ސިޓީގެ ބަޖެޓް ބިލު ހުށައެޅުމާއި އެކު ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެއެވެ.

ޕްލާސްޓިކް ކޮތަޅު ނިއުޔޯކްގައި ހުއްޓަލުމަށް ގާނޫނު ހަދާފަރާތްތަކަށް ހިޔާލު ދީފައިވަނީ އެ ސިޓީގެ ގަވަރުނަރު އެންޑްރޫ ކިއުމޯއެވެ. ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި ބޭނުންކުރާނެ ކަރުދާސް ކޮތަޅު އެ ސިޓީގައި ވިއްކަނީ 5 ސެންޓަށެވެ. އެއިން ލިބޭ ފައިދާއަކީ އެ ގައުމުގެ އެންވަޔަރަމެންޓް ޕްރޮޓެކްޝަން ފަންޑަށް ލިބޭނެ އެއްޗެކެވެ. އެގޮތުން އެ ފައިދާގެ ތެރެއިން ފިޔަފާރީތަކަށް ބޭނުން ކުރަން ރީޔޫސަބަލް ކޮތަޅު ގަތުމަށް ވަނީ ވަކި ފަންޑެއް ވަނީ އުފައްދާފަ އެވެ.

ކެލިފޯނިއާގައި ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން 2016 ވަނަ އަހަރު މަނާކޮށްފައިވާއިރު ހަވާއީގައި ވެސް ވަނީ ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން މަނާކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355