twitterviber whatsapp telegramfacebookyoutube instagram
20th February 2020

ޣައްޒާގެ 75 އިންސައްތަ މިސްކިތް އިސްރާއީލުން ބިމާހަމަކޮށްލައިފި

ނަބީލާ އިސްމާޢީލް
Apr 24, 2019
1

ވޭތުވެދިޔަ 51 ދުވަސްތެރޭ އިސްރާއީލުން ދީފައިވާ ވައިގެ ހަމަލާތަކުގައި ޣައްޒާގެ 73 މިސްކިތް ބިމާހަމަކޮށް، 205 މިސްކިތެއް ބޭނުން ނުކުރެވޭ ވަރަށް ހަލާކުކޮށްލައިފައިވާކަމަށް މިޑްލް އީސްޓްގެ މޮނީޓާ ރިޕޯޓްސް އިން ހާމަކޮށްފި އެވެ.

ޕަލަސްތީނިއަން އެކޮނޮމިކް ކައުންސިލުން ބުނާގޮތުގައި އިސްރާއީލުން ދީފައިވާ ހަމަލާތަކުގައި ހަމައެކަނި ހަލާކުކޮށްލާފައިވަނީ މިސްކިތްތަކެއް އެކަންޏެއް ނޫނެވެ. އޭގެ ތެރޭގައި ފައްޅިތަކާއި މަގުބަރާތައްވެސް ހިމެނެ އެވެ. މި ގެއްލުންތަކުގެ އަގު 40.4 މިލިއަން އެމެރިކާ ޑޮލަރު އަރާނެކަމަށް އެފަރާތުން ހާމަކޮށްފައިވެ އެވެ.

ޢައްޒާގައި ހަލާކުކޮށްލާފައިވާ މިސްކިތް ތަކަކީ އެގައުމުގެ ޖުމްލަ 75 އިންސަތަ މިސްކިތެވެ. ބިމާ ހަމަކޮށްލެވިފައިވާ މިސްކިތްތަކުގެ ތެރޭގައި ޖަބްލިޔާގައި ހުންނަ ދުވަސްވީ މަޝްހޫރު އަލް-އޮމާރިއާ މިސްކިތް ވެސް ހިމެނެ އެވެ.

އިސްރާއީލުން މިހާރު ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް 2008 އަހަރާއި 2009 ވަނަ އަހަރާ ބަލާއިރު އޭގެ 3 ގުނަ ބާރުގަދަ ވެފައި ނުރައްކަލެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355