twitterviber whatsapp telegramfacebookyoutube instagram
23rd July 2019

ކުމުންދޫ ކައުންސިލުން ރޯދަމަހު ހުރިހާ ގޭބިސިތަކުގެ ކުނި ހިލޭ އުކާލަދެނީ

އަބްދުލް ވާހިދު ޙަސަން
Apr 25, 2019

ރޯދަމަހު ކުމުންދޫ ގޭބިސީތަކުގައި އުފެދޭ ކުނި ހިލޭ އުކާލަދިނުމަށް ކުމުންދޫ ކައުންސިލުން ނިންމައިފި އެވެ. މިކަން ހާމަކޮށް އެކައުންސިލުން މިއަދު އާންމުކުރި އިއުލާނުގައި ބުނެފައިވަނީ މި ޕްރޮގުރާމުގެ ދަށުން އެރަށުގައި މީހުން ދިރިއުޅޭ ހުރިހާ ގޭބިސީތަކުގެ ކުނި ހިލޭ އުކާލެވޭނެ ކަމަށެވެ.

ކައުންސިލުން ކަނޑައަޅައި ވަކި އުސޫލެއްގެ ދަށުން ހުރިހާ ގޭބިސީތަކުން އުފެދޭ ކުނި މިރޯދަމަހު ހިލޭ އުކާލުމުގެ މަސައްކަތް ފަށާފައިވާއިރު މިއީ ކުނިމެނޭޖްކުރުމުގެ ޕްލޭންގެ ދަށުން ފަށާ ހިދުމަތެއްކަމަށް ކައުންސިލުން ބުނެ އެވެ. މިއީ އަލަށް ފަށާ ހިދުމަތަކަށްވުމުން މި ޕްރޮގުރާމު ކާމިޔާބުކަމާއެކު ގެންދިޔުމުގައި ހުރިހާ ރައްޔިތުންގެ އެއްބާލުމުން ދިނުމަށް ކައުންސިލުން އެދިލައްވަ އެވެ.

ރޯދަމުގެ ދެވަނަ ދުވަހުން ފެށިގެން ޖޫންމަހުގެ 15 ވަނަދުވަހާ ހަމައަށް ކުރިއަށްގެންދާ މިޕްރޮގުރާމުގައި ކުނި އުކާލަން ކައުންސިލްގެ ވޭސްޓްމެނޭޖްމެންޓްގެ ޓީމްތައް ހަރަކާތްތެރިވާނީ ހުކުރުދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 9 އަކުން 11:30 އަށެވެ. އަދި ގޭބިސީތަކުގައި އުކާލަން ނަގާ ކުނި ބަހައްޓަން ޖެހޭނީ ކުނިވާޒާތު ކުންޏާއި، ދަޅު/ފުލާސްޓިކް، ގޭގައި އުފެދޭ ފަތްކުނި، ގައު ކުނޑި، ނެޕީ އަދި ބިއްލޫރި ހުންނަވާނީ ވަކި ކުރެވިފަ އެވެ.

މި މަސައްކަތުގައި ރައްޔިތުން އެއްބާރުލުންދީ ކުނި މެނޭޖްކުރުމުގައި މަސައްކަތް ކުރާ ޓީމުތައް ދިޔުމުން ފަސޭހައިން ކުނި ނެގޭނެ ގޮތަކަށް ހަމަޖައްސާފައި ބެހެއްޓުމަށް އެކައުންސިލުން އިލްތިމާސްކުރެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355