twitterviber whatsapp telegramfacebookyoutube instagram
18th June 2019

ޝީޝާގެ "ސައިކަލް ތާރސްޓް": މިއަހަރުވެސް ބޮޑެތި ޑިސްކައުންޓްތަކެއް

ނަބީލާ އިސްމާޢީލް
May 5, 2019

ރޯދައަށް ޝީޝާ އިން ކުރިއަށްގެންދާ ސައިކަލް ތާރސްޓް ޕްރޮމޯޝަން މިއަހަރުވެސް ޝީޝާއިން ފަށައިފި އެވެ. މިމަހު 4 ން ޖޫންމަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަން ޝީޝާގެ ޝޯ ރޫމް ހުންނަ ހުރިހާ ރަށެއްގައިވެސް ކުރިއަށްދާނެ އެވެ. އެގޮތުން ކުޅުދުއްފުށީގެ އިތުރުން މާލެ، ހުޅުމާލެ، އަދި އައްޑޫ ސިޓީގައިވެސް މި ޕްރޮމޯޝަން ކުރިއަށްދާނެ އެވެ.

ރާއްޖޭގެ މަގުބޫލު ސައިކަލު ބްރޭންޑެއްކަމުގައިވާ "ހޮންޑާ" ސައިކަލު ވިއްކުމުގެ ހަމައެކަނި އޮތޮރައިޒް ޑިސްޓްރިބިއުޓަރކަން ލިބިފައިވާ ޝީޝާ އިން ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި ޝީޝާއިން ވިއްކާ ކޮންމެ ސައިކަލަކުންވެސް 7000 ރުފިޔާ އާއި 2700 ރުފިޔާއާ ދެމެދުގެ ޑިސްކައުންޓެއް ލިބޭނެކަމަށް ޝީޝާއިން ބުނެއެވެ.

ޝީޝާގެ ސައިކަލު ތާރސްޓް ޕްރޮމޯޝަން ވެގެން ދާނީ އެހެން އަހަރުތަކެކޭވެސް އެއްގޮތަށް ސައިކަލު ގަންނަ ފަރާތްތަކަށް ކަރުހިއްކުން ފިލާނެ ވަރުގެ ބޮޑު ޑިސްކައުންޓެއް ލިބޭނެ ޕްރޮމޯޝަންއަކަށެވެ.

މި ޑިސްކައުންޓް އެއްކޮށް ފައިސާ ދައްކައިގެން ސައިކަލު ނަގާ ފަރާތްތަކަށާއި ޝީޝާ އިންސްޓޯލްމެންޓް މޯލްޑިވްސް އިސްލާމިކް ބޭންކް އަދި މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ މެދުވެރިކޮށް ސައިކަލު ނަގާ ފަރާތްތަކަށްވެސް ލިބިގެންދާނެއެވެ.

ޝީޝާއިން ހާމަކުރެއްވި ގޮތުގައި ޝީޝާއިން ވިއްކާ ހުރިހާ ސައިކަލެއްވެސް އިންސްޓޯލްމެންޓަށް ނަގަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އޮންނާނެކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355