twitterviber whatsapp telegramfacebookyoutube instagram
20th May 2019

ރެސިޕީ: ޖަޕަނީސް ކޮޓަން ސްޕޮންޖް ކޭކް

ނަބީލާ އިސްމާޢީލް
May 12, 2019

ބޭނުންވާ ތަކެތި:

  • 80 ގ ބަޓާރ
  • 110 މލ މިލްކް
  • 110 ގ ކޭކް ފުއް
  • 1 ބިސް
  • 7 ބިހުގެ ގޮބޮޅި

ސްޕޮންޖް ހަދަން ބޭނުންވާ ތަކެތި:

  • 7 ބިހުގެ ގޮބޮޅި
  • 3/1 ސައިސަމުސާ ލޮނު
  • 1 ސައިސަމުސާ ލުނބޯ ހުތް
  • 160 ގ ހަކުރު

ތައްޔާރު ކުރާނެ ގޮތް :

ޓްރޭ ތައްޔާރު ކޮށްލާފައި އެއްކައިރީގައި ބަހައްޓާލާށެވެ. ތެއްޔަކަށް ބަޓާރ ކޮޅާއި މިލްކް އަޅައިގެން މަޑުގިނީގައި ބަޓަރުކޮޅު ރަނގަޅަށް ގިރެންދެން ހޫނުކޮށްލާށެވެ. ބަޓަރުކޮޅު ރަނގަޅަށް ގިރުމުން އުނދުން މަތިން ބޭލުމަށްފަހު ކޭކް ފުށް އަޅާ ރަނގަޅަށް ގިރާލާށެވެ. ކޭކް ފުއް ރަނގަޅަށް ގިރުމުން 1 ބިސް، 7 ބިހުގެ ގޮބޮޅި އަޅާ ރަނގަޅަށް ގިރާލާފައި އެއްކައިރީގައި ބަހައްޓާލާށެވެ.

އެހެން ތައްޓެއްގައި 7 ބިހުގެ ހުދުބައިއަޅާ ފޯމަށް ވަންދެން ގިރާލާށެވެ. ރަނގަޅަށް ފޯމަށް ވުމުން ލޮނު، ލުނބޯހުތް އަޅާ ރަނގަޅަށް ގިރާލާށެވެ. އެއަށްފަހު ހަކުރުކޮޅުއަޅާ ރަނގަޅަށް ގިރާލާށެވެ.

ކުރިން ގިރި ކޭކް ފުށް ތެރެއަށް މަދު މަދުން ފޯމްތަށް އަޅަމުން އެއްކޮށްލާށެވެ. އެއްކޮށް އެއްވީމައި ޓްރޭއަށް އަޅާ ރަނގަޅަށް އެއްވަރުކޮށްލާށެވެ. ކޭކް އެޅި ޓްރޭ އަށް ވުރެން ބޮޑު ޓްރޭއެއް ތެރެއަށް ކޭކް އެޅި ޓްރޭލާފައި ދަށުގައި އިން ޓްރޭއަށް ފެން އަޅާފައި އަވަން 150 ޑިގުރީގައި ފިހެލާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355