twitterviber whatsapp telegramfacebookyoutube instagram
23rd July 2019

ރެސިޕީ: ޗޮކްލެޓް މަގު ކޭކް

May 15, 2019

ބޭނުންވާ ތަކެތި:

  • 4 ސަމުސާ ފުށް
  • 3 ސަމުސާ ހަކުރު
  • 2 ސަމުސާ ކޮކޯ ޕައުޑާރ
  • ½ ސަމުސާ ބޭކިން ޕައުޑަރ
  • 3/1 ޖޯޑު ކިރު
  • 1 ސަމުސާ ތެޔޮ
  • 1 ސައިސަމުސާ ވެނީލާ އެސެންސް
  • 1 ސަމުސާ ނަޓެއްލާ ނުވަތަ އެމީހަކު ބޭނުން ވައްތަރެއްގެ ޗޮކުލެޓް ކްރީމެއް

ތައްޔާރުކުރާނެ ގޮތް:

ބޮޑު މަގެއްގައި ނަޓެއްލާ ފިޔަވާ ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލާށެވެ. މިކްސް ކޮށްލިބައި ހުންނަން ވަނީ މަގުގެ މެދަށްވުރެ ކުޑަތަންކޮޅެއް މަތީގަ އެވެ. ކޭކު ރީތިކޮށް މަތިން ނާރާ ފިހެވޭނީ އެއިރުންނެވެ.

އެއަށްފަހު މައިކްރޯވޭވެއްގައި ހޫނުމިން މެދުމިނެއްގައި ބަހައްޓައިގެން 6 މިނެޓް ވަންދެން ފިހެލާށެވެ. ކޭކު ފިހެވުމުން މަތީގައި ނަޓެއްލާ ހާކާލާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355