twitterviber whatsapp telegramfacebookyoutube instagram
23rd July 2019

ޓޫރިސްޓުންގެ ރައްކާތެރިކަމަށް ވޯޓާ ސޭޕްޓީން ޕްރޮގްރާމެއް ފަށަނީ

May 15, 2019

މޫދަށާއި ސްވިމިން ޕޫލަށް އެރި އުޅެނިކޮށް ގެނބުން ފަދަ ހާދިސާތަކުގައި ގިނަ އަދަދެއްގެ ޓޫރިސްޓުން މަރުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވޯޓާ ސޭފްޓީ ޕްރޮގްރާމެއް ހިންގުމަށް ޓޫރިޒަމް މިނިސްޓްރިން ނިންމައިފި އެވެ.

ރިސޯޓުތަކާއި ގެސްޓް ހައުސް ހިންގާ ރަށްރަށުގެ މޫދު ހަރަކާތްތައް ހިންގުމުގައި ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް މި ހިންގޭ މި ޕްރޮގްރާމު ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުއެވެ.

އެގޮތުން ރައްކާތެރިވުމުގެ ފިޔަވަޅުތަކާ ގުޅޭ ހަރަކާތް ފުރަތަމަ ފަށަން ނިންމާފައި ވަނީ ހުޅުމާލޭގަ އެވެ. ސަބަބަކީ އެއީ ގެސްޓް ހައުސް އެނދު އެންމެ ގިނައީ ހުޅުމާލޭގައި ކަމަށް ވާތީ އެވެ.

މިނިސްޓްރީގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ހުޅުމާލޭގައި "ވޯޓާ ސޭފްޓީ" ޕްރޮގްރާމް ފުރަތަމަ ފެށި ނަމަވެސް އެ އަށް ވުރެ ފުޅާކޮށް ހުރިހާ ރަށްތަކެއްގައި ވެސް ކުރިއަށް ގެންދަން ރާވާފައިވާ ކަމަށާއި މިއީ ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ހަރަކާތަކަށް ނުވިޔަސް، މި މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

މި ޕްރޮގްރާމު އެކުލަވާލާފައިވަނީ މޫދުގައި ދިމާވާ ހާދިސާތަކުން ރައްކާތެރިވުމަށް އެހެން ގައުމުތަކުން ކުރާ މަސައްކަތްތަކަށް ބަލައިގެން، އެފަދަ ކަންކަމުން ރައްކާތެރިވާން ކުރެވޭނެ ކަންތައްތަކުގެ މައްޗަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން 2014 ގައި އެކުލަވާލާފައިވާ ރިޕޯޓު ބޭނުންކޮށްގެން ކަމަށް އެ ބައްދަލުވުމުގައި މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޑރ. ނައުޝާދު މުހައްމަދު ވަނީ ވިދާޅުވެފަ އެވެ.

މި ޕްރޮގްރާމް ހިންގާއިރު އެންމެ ފުރަތަމަ އިސްކަން ދޭނީ 100 އަށް ވުރެ ގިނަ ގެސްޓްހައުސް އެނދު ހުންނަ ރަށްތަކަށެވެ. އެގޮތުން ރާއްޖޭގެ 17 ރަށެއްގައި 100 ވުރެ ގިނަ އެނދުގެ ގެސްޓްހައުސްތައް ހިންގަމުން ދާކަމަށްވެސް މިނިސްޓްރީން މައުލޫމާތު ދެއެވެ.

އެގޮތުން ސޭފްޓީ ވޯޓާ ބޯޑުތަކެއް ބެހެއްޓުމުގެ އިތުރުން ކޮންމެ ރަށެއްގައި ލައިފްގާޑުން ބަހައްޓަން ނިންމާފައިވާ އިރު މިކަމަށް ގާބިލް މީހުން ތަމްރީންކުރަން އީދަށް ފަހު ފަށާނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

އަދި ލައިފްގާޑުން ބަހައްޓާ އިރު އޮސްޓްރޭލިއާ ފަދަ ގައުމުތަކުން އަމަލުކުރާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރަން ނިންމާފައިވާނެ ކަމަށެވެ. އަދި އެ މީހުން ބަހައްޓާނީ އެކަށީގެންވާ މެޑިކަލް ކިޓަކާއި އެއްކޮށް ކަމަށް ވެސް މިނިސްޓްރީން މައުލޫމާތު ދެއެވެ..

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355