twitterviber whatsapp telegramfacebookyoutube instagram
23rd July 2019

ހޯރަފުށީގެ ތަރައްގީއާ ގުޅޭ މާސްޓަޕްލޭން ހަދާނެ ބަޔަކު ހޯދަނީ

ޚަދީޖާ އާދަމް
May 15, 2019
1

ހއ ހޯރަފުށީގެ ތަރައްގީއަށް އެ ރަށުގެ ލޭންޑް ޔޫސް ޕްލޭން ރިވައިޒް ކުރުމާއި ތަރައްގީގެ މާސްޓާ ޕްލޭން އެކުލަވާލައި ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި އެވެ.

އެރަށު ކައުންސިލުން ކުރި އިއުލާނުގައި ބުނެފައިވަނީ އެކަމަށް ޝައުހުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 11 ވަނަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން ޕްރޮޕޯޒަލްތައް ހުށަހެޅުމަށެވެ.

މިކަމާއި ބެހޭ މައުލޫމާތު ސާފުކުރުން މިމަހު 22 ވަނަ ދުވަހު 11:00 ގައި އޮންނާނެ ކަމަށްވެސް ކައުންސިލުން ނެރުނު އިއުލާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ޕްރޮޕޯޒަލް ހުށަހަޅަން ބަދަލުގައި މީހަކު ފޮނުއްވާނަމަ ޕްރޮޕޯޒަލް ހުށަހަޅަން ބޭނުންވާ ފަރާތުގެ ސިޓީއެއް ހުށައަޅަން ޖެހެނެ ކަމަށާއި އަދި ސިޓީގައި ބަދަލުގައި ހާޒިރުވާ ފަރާތުގެ ނަމާއި އެޑްރެސް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ހިމަނާފައިވާން ޖެހޭނެ ކަމަށްވެސް އިއުލާންގައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355