twitterviber whatsapp telegramfacebookyoutube instagram
22nd February 2020

މަސްޖިދުލް ފިރުދައުސް ރަސްމީކޮށް އިސްލާމިކް މިނިސްޓަރު ހުޅުވައިދެއްވައިފި

އަބްދުލް ވާހިދު ޙަސަން
May 15, 2019
2

ކުޅުދުއްފުށީގައި އިމާރާތްކުރި މަސްޖިދުލް ފިރުދައުސް، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ އަހުމަދު ޒާހިރު މިއަދު ރަސްމީކޮށް ހުޅުވައިދެއްވައިފި އެވެ. މި މިސްކިތްތަކީ ކުޅުދުއްފުށީގެ ވިޔަފާރިވެރިޔެއް ކަމަށްވާ މިތުރު ކޮމްޕެނީގެ ވެރިޔާ މުހައްމަދު ޒުހެއިރުގެ ހަރަދުގައި އިމާރާތްކުރި މިސްކިތެވެ.

މިސްކިތް ރަސްމީކޮށް ހުޅުވުމަށްޓަކާ މިއަދު އަސުރު ވަގުތު އެ މިސްކިތުގައި ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރުގެ އިތުރުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން އާއި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝެއިހް އިލްޔާސް ޖަމާލު، މިސްކިތް ހަދިޔާކޮށްދެއްވި މުހައްމަދު ޒުހެއިރުގެ އިތުރުން ގިނަ އަދަދެއްގައި ރައްޔިތުންވެސް ބައިވެރިވި އެވެ.

މިސްކިތް ހުޅުވައިދެއްވުމަށްފަހު އިމާމުވެ އަސުރު ނަމާދުކުރެއްވީ މިނިސްޓަރު ޑރ އަހުމަދު ޒާހިރެވެ. އަސުރު ނަމާދަށް ފަހު ސްޓޭޓް މިނިސްޓަރު ޝެއިހް އިލްޔާސް ޖަމާލުގެ ދީނީ ނަސޭހަތް ދިނުންވެސް ކުރިއަށްދިޔަ އެވެ.

ގާތްގަނޑަށް 450 އެއްހާ މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭ ޖާގައިގެ މި މިސްކިތް އިމާރާތްކޮށްފައިވަނީ އުތުރު ބަނދަރު ސަހަރައްދުގަ އެވެ. ރަސްމީކޮށް މިސްކިތް މިއަދު ހުޅުވިނަމަވެސް މިމަހު ދެވަނަ ދުވަހުން ފެށިގެން އަންނަނީ ނަމާދުކުރަމުންނެވެ.

އިސްލާމިކް މިނިސްޓަރު ކުޅުދުއްފުއްޓަށް މިއަދު ވަޑައިގަންނަވާފައިވަނީ މެންދުރުފަހު 1:30 ހާއިރު އެވެ. މިނިސްޓަރު ވަނީ ކައުންސިލް މެމްބަރުންނާ ބައްދަލުކުރައްވާ ކައުންސިލްގެ ޝަކުވާތައްވެސް އަޑުއައްސަވާފަ އެވެ. މިނިސްޓަރު ފުރާ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355