twitterviber whatsapp telegramfacebookyoutube instagram
24th August 2019

ރަޙިމުގެ ގުޅުން ކަނޑާފިނަމަ ހެޔޮ އަމަލުތަކުން ކުރާނެ ފައިދާއެއް ނޯނާނެ: ޝެއިޙް ޖަމާލް

އަބްދުލް ވާހިދު ޙަސަން
May 16, 2019

ކިތަމެއް ގިނައިން ހެޔޮ އަމަލުތައްކޮށް ދީންވެރިވި ދިރިއުޅުމެއް ވޭތުކުރިނަމަވެސް ރަހިމުގެ ގުޅުން ކަނޑާފިނަމަ ހެޔޮއަމަލުތަކަކުން ކުރާނެ ފައިދާއެއް ނޯނާނެކަމަށް އިސްލާމިކް މިނިސްޓްރީގް ސްޓޭޓް މިނިސްޓަރު ޝެއިޙް އިލްޔާސް ޖަމާލު ވިދާޅުވެއްޖެ އެވެ.

މަސްޖިދުލް ފިރުދައުސް ހުޅުވުމަށްފަހު އިއްޔެ ހަވީރު އެ މިސްކިތުގައި ދީނީ ނަސޭހަތް ދެއްވަމުން ޝެއިޙް ޖަމާލު ވިދާޅުވީ ކިތަމެއް ގިނަ ހެޔޮ އަމަލުތަކެއް ކޮށްފައިވާ މީހެއް ނަމަވެސް އެ މީހަކީ އޭނާގެ ޢަހާ އާ ގުޅުން ކަނޑާލާފައިވާ މީހެއް ނަމަ އެނާގެ ހެޔޮ އަމަލުތައް ވެގެން ދާނީ ފޫނެތްފަަޔަކަށް ފެންފުރުން ފަދަ ކަމަކަށް ކަމަށެވެ.

ކީރިތި ޤުރުއާނާއި ރަސޫލާގެ ހަދީސްތަކުގެ އަލީގައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރު ޝެއިޙް ޖަމާލު ވިދާޅުވީ ދުނިޔެ މަތީގައި ކިތައްމެ ދީންވެރި ދިރިއުޅުމެއް އުޅުނު މީހެއް ވިޔަސް ރަޙިމްގެ ގުޅުން ކަނޑާފިކަމަށްވާނަމަ ހެޔޮއަމަލަކުން ކުރާނެ އެއްވެސް ފައިދާއެއް ނޯނާނެ ކަމަށެވެ.

"ﷲ އަށް ޝިރުކުނުކުރާ ކަމުގައިވާނަމަ ހުރިހާ އަޅުތަކުންގެ ފާފަތައް ފުއްސަވާ. އެކަމަކު އެންމެ ދެ މީހަކު ފިޔަވާ. އެ ދެ މީހުންނަކީ އޭނާ އާއި އޭނާގެ އަޙާއާ ދެމެދު ރުޅިވެރިކަމެއް އޮތުން. ގުޅުން ކަންޑާލާފަ އޮތީ. އޭގެ ސަބަބުން ﷲ ސުބުހާނަހޫ ވަތައާލާ އެންމެންގެ ފާފަތައް ފުއްސެވިއިރުގައި އެ ދެ މީހުންގެ ފާފަ ނުފުއްސަވާނެ. އެ ދެ މީހުންގެ ދެމެދުގައި އޮންނަ ގުޅުން ރަނގަޅުވުމަށްދާންދެން." ކީރިތި ޤުރުއާންގެ ހެކި ދައްކަވަމުން ޝެއިޙް ޖަމާލު ވިދާޅުވި އެވެ.

އެހެންވީމާ މީގެން މިއެނގެނީ އަޙުވަންތަކަމުގެ ގުޅުމާއި ރަޙިމުގެ ގުޅުމުގެ މުހިންމުކަން ކަމަށެވެ.

"ޖެހުނު ކޮންމެވެސް މައްސަލައެއްގައި އޭނާގެ އެއްބަނޑު އެއްބަފާ މީހުންނާ ގުޅުން ކަނޑާލާފަ. ގާތް އަޙާ އާއި ވާހަކައެއް ނުދައްކާ. މިއީ ވަރަށް ހައްސާސީ މައްސަލައެއް. މިފަދަ ހެޔޮ މައްސަރެއްގައި ހެޔޮ އަމަލުތައް ހިފައިގެންދާން ވިސްނާއިރުގައި އަޅުގަނޑުމެން ވިސްނަން ޖެހޭ ކަންތައްތައް މިއީ." ކުޅުދުއްފުށީގައި ވާހަކަދައްކަވަމުން ޝެއިޙް ވިދާޅުވި އެވެ.

ޝެއިޙް އިލްޔާސް ޖަމާލުގެ ނަސޭހަތުގައި ދެބައޮޑުވުމާއި ﷲ އަށް ގަދަ ބަސްބުނުމާއި ހަސަދަވެރިވުމާއި ކިބުރުވެރިކަމުގެ ނުބައިކަމުގެ މައްޗަށް އަލި އަޅުވާ ވާހަކަދެއްކެވި އެވެ. އެ ބައޮޑުވާ މީހުން ސުވަރު ނުވަންނާނެކަމުގައި ޤުރުއާނާއި ސުންނަތުން އެނގޭ ކަމަށާއި އަދި އަލިފާނުން ދަރު އަނދާލާ ފަދައިން ހަސަދަވެރިކަމަކީ ހެޔޮ އަމަލުތައް އަނދާލާ ނުބައިކަމެއްކަން ޝެއިޙް ފާހަގަކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355