twitterviber whatsapp telegramfacebookyoutube instagram
25th August 2019

ސީކުއީން ބޯޓްގެ ދަތުރުތައް މިމަހު 25 ގައި އަލުން ފަށަނީ

އަބްދުލް ވާހިދު ޙަސަން
May 19, 2019
4

ސީކުއީން ބޯޓްގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު، ބޮޑެތި މަރާމާތުތަކެއްކޮށް އަލުން ދަތުރުތައް ފަށަން ތައްޔާރުވެއްޖެ އެވެ. ދާދި ފަހުން ކުޅުދުއްފުއްޓާއި މާލެއާ ދެމެދު ދަތުރުކުރަން ފެށި މިބޯޓްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވަނީ މިއަހަރުގެ މާރޗުމަހު 15 ވީ ހުކުރު ދުވަހުގެ މެންދުރު 12:28 ހާއިރު ކުޅުދުއްފުށީ އުތުރު ބަނދަރުގައި އޮތްވަ އެވެ.

ބޯޓް ދުއްވާ ސީކުއީން ކޮމްޕެނީގެ އޮފިޝަލަކު ކޭއޯއަށް ވިދާޅުވީ ބޯޓްގެ ދަތުރުތައް އަލުން ފަށަން ޝެޑިއުލްކޮށްފައިވަނީ މިމަހު 25 ވަނަ ދުވަހު ކުޅުދުއްފުށިން މާލެއަށް ކަމަށެވެ. ޝެޑިއުލް މިހާރު އާންމުކޮށްފައިވާއިރު ޓިކެޓް ވިއްކަން ފަށާނީ މާދަމާ ކަމަށް އެފަރާތުން މައުލޫމާތުދެ އެވެ.

މިބޯޓްގައި ފަސެންޖަރުންނަށް ދެ ކެޓަގަރީއެއްގައި ޓިކެޓް ލިބެން ހުރެ އެވެ. އެއީ ގޮނޑިތަކުންނާއި އެނދުންނެވެ. މިއީ ކުޅުދުއްފުއްޓާއި މާލެއާ ދެމެދު ދަތުރުކުރާ ބޯޓެއްގައި ގޮނޑި ޖަހައި ޓިކެޓް ވިއްކާ ފުރަތަމަ ފަހަރެވެ. ގޮނޑިތަކުން 250ރ ޓިކެޓް ވިއްކަމުންދާއިރު އެނދުން ޓިކެޓް ވިއްކަމުންދަނީ 400ރ އަށެވެ.

ޒަމާނީ ފަރުމާއަކަށް ބަނދެފައިވާ މި ބޯޓުގައި ފަސެންޖަރުންނަށް ހަމަ އިސްކޮޅަށް ހިނގާލެވެ އެވެ. އަދި ބޯޓްގެ އެތެރެވެސް ތަނަވަސްވެފައިވާ ހިތްގައިމެވެ.

ސީކުއީން ބޯޓްގެ ޓިކެޓް އޮފީސް “އޯރިންގ” ހުންނާނީ ބަންޑާރަމަގު، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ކުރިމަތީގަ އެވެ. ސީކުއީން ބޯޓްގެ ޓިކެޓް އޮފީހުގެ ނަމްބަރުތަކަކީ 6527878 ، 6527979 އަދި 7237878 ނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355