twitterviber whatsapp telegramfacebookyoutube instagram
20th October 2019

ރެސިޕީ: ވެޖިޓަބަލް ފުރައިޑް ރައިސް

ނަބީލާ އިސްމާޢީލް
May 20, 2019

ބޭނުންވާ ތަކެތި:

  • 3 ޖޯޑް ކައްކާފައި ހުރި ބާސްމަތީ ރައީސް
  • 2 ސަމުސާ އޮލިވް އޮއިލް
  • 1 ފިޔާ ( ކުދިކޮށް ކޮށާފައި )
  • 1 ޖޯޑު ގުރީން ބީންސް
  • 2/1 ޖޯޑު ކެރެޓް
  • 2/1 ޖޯޑު ކެބެޖް
  • 2-3 މޭޒުމަތި ސަމުސާ ސޯޔާސޯސް
  • 2 ބިސް ( ބޯތައްޓެއްގައި ރަނގަޅަށް ގިރާލާފައި )
  • 2/1 ޖޯޑު ޕާސްލީ ( ކުދިކޮށް ކޮށާފައި )

ތައްޔާރުކުރާނެ ގޮތް :

ތެއްޔެއްކަށް ތެޔޮފޮދު އެޅުމަށްފަހު އުދުން މައްޗަށް އުދާލުމަށްފަހު ތެޔޮކޮޅު ހޫނުވުމުން އޭގެ ތެރެއަށް ފިޔާ، ގުރީން ބީންސް، ކެބެޖް އަދި ކެރެޓުކޮޅު އަޅާ މީރުކޮށްލާށެވެ. މި ހުރިހާ އެއްޗެއް ރަގަނޅަށް މަނޑުވުމުން ތެލީގެ އެއް ކައަރިއަށް މިއެއްޗެތި ޖައްސާލުމަށްފަހު އަނެއްކޮޅަށް ގިރާފައިހުރި ބިސްއަޅައި އެއްކޮށްލާށެވެ. ބިސްތައް އެކުވިޔަނުދީ ވަކިކޮށް ރޯފިލުވައި ނިމުމުން ސޯޔާސޯސް ކޮޅު އަޅާ އެއްކޮށްލާށެވެ. ދެން އެއްކައަރިކުރި ތަރުކާރީކޮޅާ ބިސްތަށް އެއްކޮށްލާށެވެ. ދެން ކައްކާފައިހުރި ބާސްމަތީ ރައިސް އަޅާ ހުރިހާ އެއްޗެއް ރަގަނޅަށް އެއްކުރާށެވެ. 5 ވަރަކަށް މިނެޓު މިއެއްޗެތި މެދުގިނީގައި ކަށްކާލާށެވެ. އެއަށްފަހު ކޮށާފައިހުރި ޕާސްލީކޮޅު ރައީސްގެ މައްޗަށް އަޅާ ފަތުރާލާށެވެ. އެއިރުން އެހުރީ ވެޖަޓަބަލް ފްރައިޑް ރައިސް ތައްޔާރުވެފައެވެ. މިއީ ޑެވިލް ޗިކަން ފަދަ އެއްޗްކާއެކު ކާލަން ވަރަށް މީރު ފްރައިޑް ރައިސްއެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355