twitterviber whatsapp telegramfacebookyoutube instagram
22nd August 2019

ފޭދޫގައި އަނިޔާކުރި ހާއްސަ އެހީއަށް ބޭނުންވާ މީހާ މާލެ ގެންގޮސްފި

އިބްރާހިމް ހަމީދު
May 20, 2019
1

ށ ފޭދޫން އަނިޔާ ކުރި ސިކުނޑީގައިނުކުޅެންދުންތެރިކަން ހުރި އަންހެންމީހާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެނެސް ފަރުވާ ދިނުމަށް ފަހު މިއަދު މާލެ ފޮނުވާލައިފި އެވެ.

އުމުރުން 50 އަހަރުގެ މި އަންހެން މީހާ ނޭވާ ހާސްވާގޮތަށް ބޮލުގައި ގޯންޏެއް އަޅުވައި ހޮޅިދަނޑިއެއްގައި ބަނދެ، އަނިޔާކުރި މައްސަލަ ފުރަތަމަ ފެންމަތިވީ ސޯޝަލް މީޑިއާގަ އެވެ. ސޯޝަލް މީޑީއާގައި ދައުރުވި އެ ފޮޓޯތަކުން ފެންނަ ގޮތުގައި މަގުމަތީގައި ހުރި ހޮޅި ދަނޑިއެއްގައި ވާގަނޑަކުން އޭނާ ބަނދެފައި ހުރީ ބޮލަށް ގޯންޏެއް މަހާފަ އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލްގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ހޮސްޕިޓަލަށް އެއަންހެންމީހާއާއި އެމީހާގެ އަންހެން ދަރިފުޅު މިމަހު ސޯޅަވަނަ ދުވަހު ގެނެސް، ހޮސްޕިޓަލުން ދެވެން ހުރި ފަރުވާ ދިނުމަށް ފަހު މިއަދު ހެނދުނުގެ ވަގުތެއްގައިވަނީ އެއަންހެންމީހާއާއި އެމީހާގެ ދަރިފުޅު ޑިސްޗާޖްކޮށްފައިވާ ކަމަށެވެ.

ޖެންޑަރ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ އިބްރާހިމް މުހައްމަދު ކޭއޯއަށް ވިދާޅުވީ އެ އަންހެންމީހާއާއި އެމީހާގެ ދަރިފުޅު މިހާރު ތިބީ ދައުލަތުގެ ބެލުމުގެ ދަށުގައި ރައްކާތެރިކަމާއެކު އެކަމަށް ކަނޑައެޅިފައިވާ މަރުކަޒުގައި ކަމަށެވެ.

"މިހާރު އެ ދެމައިން ތިބީ ރައްކާތެރިކަމާއެކު. އެކަމަށް ހާއްސަކުރެވިފައިވާ މަރުކަޒުގަ." އެސިސްޓެންޓް ޑިރެކްޓަރ އިބްރާހިމް މުހައްމަދު ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ޖެންޑާ މިނިސްޓަރު ޝިދާތާ ވިދާޅުވެފައިވަނީ އެ އަނިޔާވެރި އަމަލު ހިންގި ފަރާތްތައް ހޯދައި އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށެވެ. އެކަމުގެ ރިޕޯޓް ލިބުމާއެކު އެ މީހާއަށް ބޭނުންވާ ރައްކާތެރިކަން ދައުލަތުން ފޯރުކޮށްދީފައިވާކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މަންޒަރު ދުއްފަރާތަކުން ކޭއޯއަށް މަޢުލޫމާތުދެމުން ބުނީ މިއަދު ހެނދުނުގެ ވަގުތެއްގައި އެމީހާ އާއި އެމީހާގެ ދަރިފުޅު މާލެ ފޮނުވާލުމަށް، ހަނިމާދުއަށް ގެންދިއުމަށްޓަކާ މިއަދު ހެނދުނުގެ ވަގުތެއްގައި ލޯންޗަށް އެރުވި މަންޒަރު ފެނިފައިވާ ކަމަށެވެ.

"އެމްބިއުލާންސްގައި ޖެޓީއަށް ގެނެސް އެ ދެމީހުންނާއި ޖެންޑަރ މިނިސްޓްރީގެ ބޭފުޅުން ލޯންޗަށް އެރުވި މަންޒަރު ފެނުން". މަންޒަރު ފެނުނު މީހަކު ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355