twitterviber whatsapp telegramfacebookyoutube instagram
28th February 2020

ނޮޅިވަރަންފަރު ސްކޫލުގެ ގޯލްޑަން ޖުބުލީ، ގިނަ ހަރަކާތްތަކެއް

- 25 އަހަރު ފަހުން ނެގުމަށް ޓައިމް ކެޕްސޫލެއް ވަޅުލި

އަބްދުލް ވާހިދު ޙަސަން
May 21, 2019
3

ހދ ނޮޅިވަރަންފަރު ސްކޫލަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ގިނަ ހަރަކާތްތަކެއް ކުރިއަށްއެބަގެންދެ އެވެ. ނޮޅިވަރަންފަރު ސްކޫލުގެ ޕްރިންސިޕަލް އަލީ އަހުމަދު ކޭއޯއަށް ވިދާޅުވީ، ސްކޫލުގެ ގޯލްޑަން ޖުބުލީ ފާހަގަކުރުމުގެ ގޮތުން ގިނަ ހަރަކާތެއް ކުރިއަށްގެންދާ ކަމަށެވެ.

އެގޮތުން އަހަރީ ދުވަހުގެ ހަރަކާތްތައް ފަށާފައިވަނީ މިހަފްތާގެ އާދިއްތަދުވަހު ބޮޑު ޖަމާއަތުގައި ކުރެވުނު ފަތިސް ނަމާދާއެކު އެވެ. އެ ޖަމާއަތުގައި ދަރިވަރުންނާއި ސްޓާފުން އަދި ބެލެނިވެރިން ވަނީ ބައިވެރިވެފަ އެވެ.

ޓައިމް ކެޕްސޫލެއްވެސް ވަނީ އަހަރީދުވަހާ ގުޅުވައިގެން ސްކޫލު ގޯތިތެރޭގައި ވަޅުލާފަ އެވެ. މި ކެޕްސޫލް ނެގުމަށް ހަމަޖެހިފައިވަނީ 25 އަހަރު ފަހުން، ސްކޫލަށް 75 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެންނެވެ.

ޕްރިންސިޕަލް އަލީ ވިދާޅުވީ ކެޕްސޫލުގައި ތަފާތު ޝުޢޫރުފާޅުކޮށްފައިވާ ލިޔުންތަކާއި ސްކޫލުގެ ތާރީހީ ބައެއް ތަކެތިވެސް ލީ ކަމަށެވެ. ލައިބުރަރީއަށް ފޮތް ހަދިޔާކުރުމުގެ ޕްރޮގުރާމެއްވެސް އަހަރީދުވަހާ ގުޅުވައިގެން ފަށާފައިވާއިރު އަހަރީ ދުވަހާ ގުޅުވައިގެން ހާއްސަ ދުވުމެއް ބާއްވަންވެސް ވަނީ ހަމަޖެހިފަ އެވެ.

ގޯލްޑަން ޖުބުލީ ރަންގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް ބިބް ވިއްކަމުންދާއިރު ދެ އަގެއްގައި ދަނީ ބިބް ވިއްކަމުންނެވެ. އެއީ 25ރ 50ރ އަށެވެ. މީގެ އިތުރުން ސްޓާފް ގޯލްޑަން ޖުބުލީ ތަރާވީހެއްވެސް ވަނީ ބާއްވަން ނިންމާފަ އެވެ.

ނޮޅިވަރަންފަރު ސްކޫލު ހުޅުވާފައިވަނީ 1969 ވަނަ އަހަރު މަކްތަބުލް ގަމަރިއްޔާގެ ނަމުގައި އެވެ. އެއަށްފަހު ނޮޅިވަރަންފަރު މަކްތަބު އަދި ނޮޅިވަރަންފަރު މަދަރުސާގެ ނަމަށްވެސް ބަދަލުކޮށްފައިވެ އެވެ. މިހާރު ކިޔާގޮތަށް ނޮޅިވަރަންފަރު ސްކޫލުގެ ނަމަށް ނަން ބަދަލުކުރީ 2003 ވަނަ އަހަރު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355