twitterviber whatsapp telegramfacebookyoutube instagram
18th June 2019

ދިރާގާއި ސެމްސަންގް ގުޅިގެން ފޮޓޯ ކޮންޓެސްޓެއް ފަށައިފި

ނަބީލާ އިސްމާޢީލް
May 23, 2019

ދިރާގާއި ސެމްސަންގް ގުޅިގެން ރޯދަމަހަށް ހާއްސަކޮށްގެން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި "ރޯދަމޮމެންޓްސް"ގެ ނަމުގައި ފޮޓޯ ކޮންޓެސްޓެއް ފަށާފައިއެވެ.

މިދިޔަ އަހަރު ދިރާގުން މި ކޮންޓެސްޓް ކުރިއަށް ގެންގޮސްފައިވަނީ އިންސްޓަގްރާމްގައި އެކަނި ނަމަވެސް މި އަހަރު ކޮންޓެސްޓް ފޭސްބްކް އަދި ޓުވިޓާގައިވެސް ކުރިއަށް ދާނެއެވެ.

މި ކޮންޓެސްޓް ގައި އިންސްޓަގްރާމް، ފޭސްބްކް ނުވަތަ ޓުވިޓާ ގައި #RoadhaMoments މި ހޭޝްޓެގް ޖެއްސެވުމަށްފަހު ރޯދަ މަހުގެ އެކި އެކި މަންޒަރުތައް ހިއްސާކޮށްލައްވައިގެން ކޮންމެ ހަފްތާއެކު ހޮވާލެވޭ ނަސީބުވެރި އެއް ފަރާތަކަށް ސެމްސަންގް އޭ80 ފޯނެއް ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ.

މި ފޯނަކީ ސެމްސަންގުން އަލަށް ތައާރަފުކުރި ފޯނެކެވެ. މި ފޯނުގެ އެންމެ ހާއްސަ ކަމަކީ މި ފޯނުގެ ރޮޓޭޓްވާގޮތަށް ފަރުމާކޮށްފައިވާ 48 މެގަޕިކްސަލް ކެމެރާއެވެ.

މި ކޮންޓެސްޓް ކުރިއަށްދާނީ އަންނަ ޖޫން މަހުގެ 7 ވަނަދުވަހުގެ ނިޔަލަށް ކަމަށް ދިރާގުން ބުނެއެވެ. މި ކޮންޓެސްޓްގައި ބައިވެރިވުމަށް އެކައުންޓް ވާންޖެހޭނީ ޕަބްލިކް އެކައުންޓަކަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355