twitterviber whatsapp telegramfacebookyoutube instagram
20th October 2019

ފިލިޕީންސްގައި ގްރެޖުއޭޓްވާ ކޮންމެ ދަރިވަރަކު ދިހަ ގަސް އިންދަންޖެހޭ ގަވައިދެއް ހަދައިފި

ޚަދީޖާ އާދަމް
May 29, 2019

ފިލިޕީންސްގެ ކޮލެޖުތަކުގައި އަދި ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުން ގްރެޖުއޭޓުވުމަށް ބޭނުން ނަމަ 10 ދިހަ ގަސް އިންދަންޖެހޭ ގޮތަށް ގަވައިދެއް ހަދައިފި އެވެ.

މިގޮތަށް ގަވައިދެއް ހަދާފައިވާއިރު މި ކަމުގެ މަގުސަދަކީ ދުނިޔެއަށް އަންނަ މޫސުމީ ބަދަލުތަކަށް ހޭލުންތެރި ކުރުމެވެ.

ފިލިޕީންސްގެ މަގްޑަލޯ ޕާޓީގެ ރެޕްރެޒެންޓޭޓިވް ގެރީ އަލްޖަނޯ ވިދާޅުވީ އެގައުމުގައި އަހަރެއްގެ މައްޗަށް އެލެމެންޓްރީ ސްކޫލުން 12 މިލިއަން ކުދިން، ހައި ސްކޫލުން 5 މިލިއަން ކުދިން އަދި ކޮލެޖުތަކުން 5 ލައްކަ ކުދިން ގްރެޖުއޭޓުވާކަމަށެވެ. އެެހެން ކަމުން ކޮންމެ ކުއްޖަކު ލައްވާ 10 ގަސް އިންދިއްޖެނަމަ އަހަރެއްގެ މައްޗަށް 175 މިލިއަން ގަސް އިންދޭނެ ކަމަށް ގެރީ ވިދާޅުވި އެވެ.

އެހެންކަމުން އެއީ ޖެނެރޭޝަންކަމަށް ބަލާނަމަ 525 ބިލިއަން ގަސްކަމަށްވެސް ގެރީ ވިދާޅުވި އެވެ. އަދި އެއީ އިންދާ ގަސްތަކުގެ 10 ޕަސެންޓުގެ ގަސް ރޯވެ ހެދިއްޖެނަމަ 525 މިލިއަން ގަސްކަން ގެރީ ފާހަގަކުރި އެވެ.

ގަސް އިންދުމަށް ހަމަޖެހިފައިވަނީ އެގައުމުގެ ކުޅިތައް ހިމެނޭ ސަރަހައްދުތަކާއި، ޖަންގަލިތެރެ، ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކާއި، މިލިޓަރީގެ ބޭނުމަށް ދޫކޮށްފައިވާ ސަރަހައްދުތަކުގެ އިތުރުން އާބަން އޭރިޔާތަކުގަ އެވެ. އެގައުމުގެ ސަރުކާރުން ވަނީ އެ ސަރަހައްދުތަކުގައި އިންދާނީ އެސަރަހައްދަކާއި ގުޅޭ ގަސްތައްކަމަށް ވިދާޅުވެފަ އެވެ.

ފިލިޕީންސްއަކީ ކުރިން ބޮޑެތި ޖަންގަލިތައް އޮތް ގައުމެއް ނަމަވެސް 20 ވަނަ ގަރުނުގެ ތެރޭގައި އެގައުމުގެ ޖަންގަލި ހިމޭނޭ ސަރަހައްދު ވަނީ 70 ޕަސެންޓުން 20 ޕަސެންޓަށް ދަށްވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355