twitterviber whatsapp telegramfacebookyoutube instagram
18th June 2019

ބުލެކްހޯލް އާ ބެހޭގޮތުން އެނގެނީ ކިހާވަރަކަށް ހެއްޔެވެ؟

Jun 1, 2019

ލިޔުނީ: ޝަރަފް

ބުލެކްހޯލް އާ ބެހޭގޮތުން އެގެނީ ކިހާވަރަކަށް ހެއްޔެވެ؟ ބުލެކް ހޯލެއްތެރެއަށް ވެއްޓިއްޖެނަމަ ވާނީ ކިހިނެތް ހެއްޔެވެ؟ ޖައްވުގަ މީހުންއުޅެން އާޕުލެނެޓެއް ހޯދަން އުޅެނިކޮށް ފެނުނީ ބުލެކުހޯލެއް! އެހެންވެއްޖެނަމަ ބުލެކުހޯލުން ދިރިއުޅުމަށް ސަލާމަތްވެވޭނެތަ؟ ކިހިނެތް ބުލެކުހޯލުން ނިކުންނާނީ؟އެހެންޔުނިވާރސްއަކަށް ދިއުމަށް ޝޯޓުކަޓެއް ވާނެބާ؟ މިހުރިހާ ސުވާލަކީވެސް "ނަމަ" ވާނެގޮތުގެ މައްޗަށް ކުރެވޭ ސުވާލުތަކެވެ.

އަސްލުވާނެގޮތަކީ

ބުލެކުހޯލް އަކީ ކަޅުއަދިރި ހޮހޮޅައެއްނޫނެވެ. އެއިންސްޓެއިން ބުލެކުހޯލް އުފެދޭ ގޮތް ކަމަށްބުނެފައިވަނީ ބޮޑެތި ތަރިތައް އޭގެ އަޖަލު ހަމަވުމުން، އަމިއްލައަށް އޭގައި ހިމެނޭ މާއްދާތައް ތަރީގެ މެދަށް ޖަމާވެ، އެތައް ގުނައަކަށް ކުޑަވެގެން ދިއުމަށެވެ. މި ގޮތުން އާދަޔާ ޚިލާފު ބޮޑު ބަރުދަނެއް، ނިސްބަތުން ކުޑަ ސަރަހައްދެއްގެ ތެރެއަށް ޖަމާވެގެން ދެއެވެ. ބުލެކް ހޯލެއްގެ ވަށައިގެންވާ ދަމާބާރު ވަރުގަދަވާ މައިގަނޑު ސަބަބަކީ މިއީ އެވެ. މި ދަމާބާރުގެ ސަބަބުން އެންމެ ބާރަށް ދަތުރުކުރާ އަލި ދޯދިއަކަށް ވެސް، އޭގެ އުދަރެހާ ހަމައަށް ވާސިލުވުމަށްފަހު ސަލާމަތެއް ނުވެވެއެވެ. ބުލެކް ހޯލް އަށް އެ ނަން ކިޔޭ ސަބަބަކީ ވެސް އެއަށް ވަންނަ ނުވަތަ ދަމައިގަންނަ އަލި އަނބުރާ ނާންނާތީވެ، މުޅިން ކަޅު އެއްޗެއްގެ ސިފައިގައި ފެންނާނެތީއެވެ. ބުލެކުހޯލް ދެނެގެނެވޭނެ ގޮތް ސުޓިފަން ހޯކިންސް ވަނީ ހޯދާފައެވެ. މިހޯދުމަށް ނަންދެވިފައިވަނީ ހޯކިންގްސް ރޭޑިއޭޝަންގެ ނަމުންނެވެ. ބުލެކުހޯލް ދެނެގަންނަނީ ގަމްމާ ރޭ ބާރސްޓްސް ދެނެގަނެގެންނެވެ. ސުޓެފަން ހޯކިންސް ގަބޫލުކުރާގޮތުގައި ބުލެކުހޯލް ތެރެއިންލާފަ އެހެންކާއިނާތަކަށް ދެވިދާނެއެވެ.

ކޮންމެ ބުލެކުހޯލެއްގެވެސް އިވެންޓް ހޮރައިޒޮން އެއް ވެއެވެ. މިހޮރައިޒޮން އަކީ ބުލެކުހޯލް ފުރަތަމަ ފަށަލަ ނުވަތަ ބޭރުފަށަލައެވެ. މިފަށަލައިގެ ބާރުގަދަކަމުން އެއްވެސް އެއްޗަކަށް ސަލާމަތް ނުވެވޭނެތީ މިފަށަލައަށް ދަ ޕޮއިންޓް އޮފު ނޯރިޓާން ކިޔައެވެ. އެޕޮއިންޓްގެ ބޭރުގަހުރެގެން ބަލާނަމަ ފެންނާނީ ތަރިތައް ފަށަލަތެރޭގައި އަދިރިގަޑެއްގައި އެބުރޭތަނެވެ. އަދި އެޕޮއިންޓުން އެތެރެއަށް ވަދެއްޖެނަމަ ހޮހޮޅަތެރެއަށް ދަމައިގަންނަގަތުން އަވަސްވެގަނެއެވެ. އިވެންޓްހޮރައިޒޯން ހުރަސް ކުރެވުމުން ބުލެކުހޯލްގެ ދަތުރަކަށް ނިމުމެއްނާދެއެވެ. ބުލެކުހޯލްގެ މެދު ނުވަތަ ސެންޓަރަކީ އޭގައި ޑެންސިޓީ ވަރަށް މަތި އެހެންގޮތަކަށް ބުނާނަމަ ޑެންސިޓީ އިންފިނިޓީ ސަރަހައްދެކެވެ. ބުލެކުހޯލުގެ ބޭރުގައި ހުރެ އިންސާނަކު ބުލެކުހޯލަށް ދަމައިގަންނަ ގޮތް ފެންނާނީ ވަރަށް ތަފާތު މަންޒަރެކެވެ. އިވެންޓްހޮރިޒޯން އަށް ދަމައިގަންނަން ފެށުމުން ނުވަތަ ބުލެކުހޯލް ކައިރިވާ ވަރަކަށް އިންސާނާގެ ކުލަ އަދި ސްޕީޑް ދައްވަމުން ގޮސް އެއްކޮށް ގަނޑުވާތަން ފެންނާނެއެވެ. މިހެންމިވަނީ އޭގެ އެތެރޭގެ ބާރުގަދަ ދަމާބާރުގެ ސަބަބުން ވަގުތު ހިނގާ ގޮތަށް އަސަރު ކުރާތީއެވެ.

ސުޓެފަން ހޯކިންސް ބުލެކުހޯލްގެ ދަމައިގަންނަ ތަކެތި ބުލެކުހޯލް ނެތިފަނާވިޔަސް ހޯދާނޭގޮތުގެ ތިއަރީގައި ބުނެފައިވަނީ ބުލެކުހޯލް ނެތިފަނާވުމުން އެހެންޔުނިވާސް އަކަށް އެއްޗެހި ޖަމާވާނެއެވެ. އެހެންގޮތަކަށް ބުނާނަމަ އަލްޓަނޭޓިވް ޔުނިވާސް އަކަށް އެއްއެޗެހި ޖަމާވަނީއެވެ.

އާއްމުކޮށް ފެންނަ ބުލެކުހޯލަކީ ސުޓެލާ ނަންކިޔޭ ބުލެކުހޯލެވެ. މިބުލެކުހޯލުގެ ތެރެއަށް އޭގެ 15 ކިލޯމީޓަރު ވަށައިގެންވާ ހުރިހާ އެއްޗެއް ދަމައިގަނެއެވެ. ގާތްގަޑަކަން އެއްފަހަރާ 20 އިރު ދަމައިގަތުމުގެ ބާރުއެއަށް ލިބިގެންވެއެވެ. ދުނިޔެއާ އެއްމެކައިރީގައިވާ ބުލެކުހޯލްގެ ދުރުމިނަކީ 3000 އަލި އަހަރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355