twitterviber whatsapp telegramfacebookyoutube instagram
18th June 2019

ކުޅުދުއްފުށީގައި ބާއްވާ ފޯރިގަދަ ބައިބަލާ މުބާރާތުގައި 5 ޓީމަކުން ބައިވެރިވެއްޖެ

އަބްދުލް ވާހިދު ޙަސަން
Jun 2, 2019
1

ކުޅުދުއްފުށީގައި ބާއްވާ ފޯރިގަދަ ބައިބަލާ މުބާރާތުގައި މިއަހަރުވެސް ފަސް ޓީމަކުން ބައިވެރިވެއްޖެ އެވެ. ފިތުރު އީދާ ދިމާކޮށް ބާއްވާ މި މުބާރާތް ފަށަން ތާވަލުކޮށްފައިވަނީ މިމަހު 4 ވަނަ ދުވަހު ރެ އެވެ.

މިއަހަރު މިމުބާރާތުގައި ބައިވެރިވެފައިވަނީ މިދިޔަ އަހަރުގެ ޗެމްޕިއަން ސްޓޯން އާއި މިސްޓޭކް، އެންވީސް، އެލީޓް އަދި ނަލަ ނަލަ ވިކާ ވިކާ އެވެ.

މުބާރާތް މިމަހު 4 ވަނަ ދުވަހުގެ ރޭ ފަށަން ތާވަލްކޮށްފައިވާއިރު މުބާރާތުގެ މެޗުތައް ތިން ދުވަހަށް ދެމިގެންދާނެ އެވެ. ހަތަރު ވަނަ ދުވަހާއި ފަސްވަނަ ދުވަހު ކޮންމެ ރެޔަކުވެސް ފަސް މެޗު ކުޅޭނެ އެވެ. ފުރަތަމަ މެޗު ފަށާނީ ރޭގަނޑު 8:30 ގަ އެވެ.

މުބާރާތުގެ ފައިނަލް މެޗު އޮންނާނީ 6 ވަނަ ދުވަހު ރޭގަނޑު 9 ޖަހާއިރު އެވެ. ބަންޑަރަ މައިދާނާ ދިމާ ވެހިގަނޑުގައި ބާއްވާ މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 20،000ރ ހުށަހަޅާފައިވާއިރު މިސްޓަރ ބައިބަލާއަށް ހުށަހަޅާފައިވަނީ ޖީއެން ސައިކަލެކެވެ.

މުބާރާތުގައި ހޮވާ އެހެން މަގާމުތަކަށް ބަލާއިރު ބެސްޓް އެޓޭކިން ޕްލޭޔާރ، ބެސްޓް ޑިފެންސިވް ޕްލޭޔާރ އަދި އެންމެ މޮޅު 5 ކުޅުންތެރިން ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ. މި މުބާރާތަކީ 2014 ވަނަ އަހަރުން ފެށިގެން ފިތުރު އީދާ ދީމާކޮށް ކުޅުދުއްފުށީގައި ކުރިއަށް ގެންދާ އެންމެ ތަރުހީބު ބޮޑުއެއް މުބާރާތެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355