twitterviber whatsapp telegramfacebookyoutube instagram
24th August 2019

އެއަރ ޕޮލިއުޝަނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި އިތުރު 9 ސިޓީއެއް ބައިވެރިވެއްޖެ

Jun 5, 2019

ދުނިޔޭގެ ތިމާވެށީގެ ދުވަސް މިއަދު ފާހަގަ ކުރަމުންދާއިރު، އެއަރ ޕޮލިއުޝަނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި އިތުރު 9 ގައުމެއް ބައިވެރިވާނެކަން މިއަދު އިއުލާން ކޮށްފިއެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މިއަހަރުގެ ޝިއާރަކީ "އެއަރ ޕޮލިއުޝަން" އެވެ. 2030 ވަނަ އަހަރު އަހަރެމެން ނޭވާލުމަށް ބޭނުން ކުރާ ވަޔަކީ ސާފު ވަޔަކަށް ހެދުމަށް ޔޫއެން އެންވަޔަރަމަންޓް، ޑަބްލިއު އެޗް އޯ އަދި ކްލައިމެޓް އެންޑް ކްލީން އެއަރ ކޯލިޝަން ޖަމާއަތުން ހިންގާ ބްރީތް ލައިފް 2030 ކެމްޕެއިންގައި މިހާތަނަށް 63 ސިޓީ އެއް ވަނީ ބައިވެރި ވެފައެވެ. މިލިސްޓަށް މިއަދު އިތުރު ތަންތަނުގެ ތެރޭގައި ކޮލަމްބިއާގެ ވެރިރަށް ބޯގޮޓާ، ނޭޕާލުގެ ކަތަމަންޑޫ އަދި ލަލީޕޫރު، އިންޑޮނޭޝިއާގެ ބޮގޮރ ސިޓީ، މޮނާކޯ، ހޮންޑިއުރާސް، މޯލްޑޯވާ، އުރުގުއޭ އަދި މެކްސިކޯ ހިމެނެއެވެ.

އެއަރ ޕޮލިޝަން ހުއްޓުވުމަށް ކުރާ ހަނގުރާމައިގެ ރޭހުގައި ބައިވެރިވި މޯލްޑޯވާ އިން މިއަދު ވަނީ ވެހިކަލް ތަކުގެ ސްޓޭންޑާޑް މަތި ކުރާނެ ގޮތްތަކާއި ޕެޓްރޯލާއި ޑީސަލްގެ ސްޓޭންޑަރޑްތަކެއް މިއަހަރު ތައާރަފް ކުރާނެ ކަމަށް ބުނެފައެވެ.

2007 ވަނަ އަހަރުން ފެށިގެން އެއަރ ޕޮލިޝަން ދައްކުރުމަށް މަގުޗާޓެއްގެ ދަށުން މަސައްކަތް ކުރަމުން އަންނަ ހޮންޑޫރާސްގައި ވެސް ވަނީ ވެހިކަލް ތަކުން ބޭރުކުރާ ދުން މަދުކުރުމަށް ގާނޫނުތައް ކަނޑައަޅާފައެވެ. އަދި ކައްކާ ގޭހުން ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމަށް ޒަމާނީ އުނދުންތަކެއްވެސް އެގައުމުން ވަނީ ތައާރަފް ކޮށްފައެވެ.

ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގައި އާބަން ހިސާބުތަކުގައި ގަސް އިންދުމުގެ އިތުރުން ޕަބްލިކް ޓްރާންސްޕޯޓްގެ ފެންވަރު ރަނގަޅު ކުރުމާއި ވޭސްޓް މެނޭޖްމަންޓް ސިސްޓަމް ފުރިހަމަ ކުރުން ޓާގެޓެއްގެ ގޮތުގައި ވަނީ ހިމަނާފައެވެ. އަދި ނޭޕާލުގެ ލަލީޕޫރުގައި އެއައި ޕޮލިއުޝަން މޮނިޓަރ ކުރެވޭނެ ގޮތްތަކެއް ގާއިމު ކުރުމާއި ވޭސްޓް މެނޭޖްމަންޓް ރަނގަޅު ކުރުމުގެ އިތުރުން ރީފޮރެސްޓޭޝަން ނުވަތަ ފެހި ސަރަހައްދުތައް ގިނަ ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

ޑަބްލިއު އެޗްއޯ އިން ހާމަކުރާ ގޮތުގައި ދުނިޔޭގެ ކޮންމެ ދިހަ މީހަކުން ނުވަ މީހަކީ ރައްކާތެރި ނޫން ލެވެލްގެ ވައި ނޭވާލުމަށް ބޭނުން ކުރާ މީހެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355