twitterviber whatsapp telegramfacebookyoutube instagram
20th October 2019

ދުނިޔޭގެ ކާބަންޑައި އޮކްސައިޑް ލެވެލް ރެކޯޑް އަދަދަކަށް މައްޗަށް ހިނގައްޖެ

Jun 6, 2019

ދުނިޔޭގެ އެޓްމޮސްފިއާގައި ހިމެނޭ ކާބަންޑައި އޮކްސައިޑްގެ ލެވެލް މީންދުވަހަކު މައްޗަށް ނުދާވަރަށް މައްޗަށް ގޮސްފި އެވެ.

ހަވާއީގެ މައުނާ ލޯއާ އޮބްޒަވެޓްރީގައި ހާމަކުރާ ގޮތުގައި 2019 ވަނަ އަހަރު ފެށިގެން ކާބަންޑައި އޮކްސައިޑް ނުވަތަ ސީއޯޓޫ ލެވެލް ވަނީ އާދަޔާ ހިލާފަށް މައްޗަށް ގޮސްފައެވެ. އަދި ނިމިގެންދިޔަ މެއި މަހުގައި ސީއޯޓޫ ލެވެލް ވަނީ 414.7 ޕާޓްސް ޕަރ މިލިޔަން (ޕީޕީއެމް) އަށް އަރާފައެވެ. މިއީ މިހާތަނަށް ރިކޯޑް ކުރެވުނު އެންމެ މަތީ އަދަދެވެ.

މިދިޔަ އަހަރުގެ މެއި މަހު ސީއޯޓޫ ލެވެލް ހުރީ 411 ގައެވެ. ސީއޯޓޫ ލެވެލް 400 އިން މައްޗަށް ދާންފެށީ 2014 ވަނަ އަހަރުން ފެށިގެންނެވެ. ދުނިޔެ ހޫނު ވުމަށް އަދި ސީއޯޓޫ ލެވެލް މައްޗަށް ދިއުމަށް މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ ދުނިޔޭގައި އަންދާ ފޮސިލް ފިއުލް އެވެ.

ސީއޯޓޫ ލެވެލް އަހަރުން އަހަރަށް އިތުރުވަމުންދާ ރޭޓް މިހާރު ވަނީ 1980 ގެ ދުވަސްތަކާ އަޅާބަލާއިރު ވަރަށް ބޮޑަށް އިތުރުވެފައެވެ. އަށްޑިހައިގެ އަހަރުތަކުގައި ކޮންމެ އަހަރަކު އިތުރު ވެފައިވަނީ 1.6 އެވެ. ނަމަވެސް އޭގެފަހުން އައި ވިއްސަކަށް އަހަރުތެރޭ މިރޭޓް 2.2 އަށް އެރުމަށްފަހު މިހާރު މިވަނީ 3.6 އަށް އަރާފައެވެ.

ސީއޯޓޫ ލެވެލް މިރޭޓްގައި އިތުރު ވާނަމަ، ދުނިޔެ ހޫނުވުމުގެ ރޭޓް ވެސް ދާނީ އިތުރު ވަމުންނެވެ. މީގެ އިތުރުން ކަނޑުގެ ލޮނުގަނޑުގެ އެސިޑް ލެވެލް އިތުރުވެ ކަނޑުގެ ދިރުމަށްވެސް އަސަރު ކުރާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355