twitterviber whatsapp telegramfacebookyoutube instagram
18th June 2019

ވަޒީފާ އަދާކުރާ މައިން ސްޓްރެސްވުމުގެ ފުރުސަތު ބޮޑު

ޚަދީޖާ އާދަމް
Jun 13, 2019

ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައިވެސް ވަޒީފާ އަދާކުރަން މައިން ގިނައެވެ. އަދި ބައްޕައިންނާއި އެއް ހަމައެއްގައި މަންމައިންނަށް ވަޒީފާ އަދާކުރުމަށް ގިނަ ގައުމުތަކުން ފުރުސަތުތަށް ވެސް ވަނީ ފަހިކޮށްދީފަ އެވެ. އެގޮތުން ސްވެޑެން، އިޓަލީ، ޖާރމަނީ ފަދަ ގައުމުތަކަކީ މަންމައިންނަށްވެސް އެމީހުންގެ ކެރިއަރު ބިނާކޮށްދިނުމަށް ގިނަ ފުރުސަތުތަކެއް ފަހިކޮށްދީފައިވާ ގައުމުތަކެކެވެ.

މަސައްކަތުގެ މާހައުލަކީ ބަދަލުވަމުން ދާނެ މާހައުލެކެވެ. ހާއްސަކޮށް އޮފީސްތަކުގައި ނުވަތަ މަތީ މަގާމެއްގައި އުޅޭ މީހަަކަށް މިއީ ޔަގީނުންވެސް ބުރަ ޒިންމާބޮޑު މަސްއޫލިއްޔަތަކަށް ވާނެއެވެ. ހާއްސަކޮށް ވަޒީފާ އަދާކުރާ އަންހެނުންގެ ތެރެއިން މަންމައިންނަށެވެ.

ސޯސިއޮލޮޖިސްޓެއް ކަމަށްވާ ކޭޓްލިން ކޮލިން ވަނީ މަސައްކަތް ކުރާމައިންނަށް ދިމާވާއެކި މައްސަލަތަކާއި މެދު ވާހަކަ ދައްކާފަ އެވެ. އެގޮތުން އާއިލާއާއި ދަރިންނަށް ވަގުތު ދިނުމަށްފަހު އެމީހުންގެ އަމިއްލަ ކަންކަމުގައި މަޝްއޫލުވެ އުޅުމަށް އެކަށީގެންވާ ވަގުތު ނުލިބޭކަން ވަނީ ފާހަގަކޮށްފަ އެވެ.

ހާއްސަކޮށް އަހަރެމެން ދިރި އުޅޭ މި މުޖުތަމައުގައި އާއިލާގެ ޒިންމާއާއި ދަރިންގެ ޒިންމާއަކީ ހަމައެކަނި މަންމަ އަދާކުރަންޖެހޭ ކަމެއްކަމަށް ދެކެވިފައި އޮތުމަކީ އެންމެ ބޮޑު މައްސަލައެވެ. އަދި ދިރިއުޅުމުގެ ހާލަތު ހުންނަ ގޮތުން ދެމަފިރިން ވަޒީފާއަދާކޮށްގެން ނޫނީ ހަރަދު ފޫނުބެއްދޭތީ ގިނަ މަންމައިންނަށް ވަޒީފާއަދާކުރަން ޖެހެއެވެ.

ދަރިން ލިބުމަށްފަހު ހަރަދުތައް އިތުރުވެއެވެ. ދެމަފިރިން ވަޒީފާއަށް ދާއިރު ދަރިފުޅު ހަވާލުކުރަނީ ޑޭ ކޭއަރއަކާއި ނޫނީ މުސާރަދީފަ ދަރިފުޅު ބަލަން އެހެން މީހަކާއެެވެ. އެހެންކަމުން ވަޒީފާއަށްފަހު ގޭތެރޭގައި ކަންކަމުހައި މަސްއޫލުވެއުޅެން ޖެހުމުގެ ސަބަބުން ސިކުނޑިއަށް އަރާމުދޭން ޖެހޭވަރަށް އޮންނަނީ ނުދެވިފައެވެ. އަދި އެކަމުގެ ސަބަބުން މަސައްކަތްތައް ދޭންޖެހޭ ވަރަށް ސަމާލުކަން ނުދެވުން އެއީ ސްޓްރެސްވުމަށް ދިމާވާ އިތުރު ސަބަބެކެވެ.

އެެހެންކަމުން އާއިލާއެއް ބިނާކުރުމަށް މަންމައިންނާއި އެއްވަރަށް ބައްޕައިންގެ ހިއްސާވެސް އޮންނަޖެހޭކަމަށް ކޭޓްލިން ފާހަގަކޮށްފައި ވެއެވެ. އެގޮތުން ދެމީހުންވެސް ދަރިންނާއި އެކު ލިބޭ ހުސްވަގުތު ހޭދަކުރުމަކީ މުހިއްމު ކަމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355