twitterviber whatsapp telegramfacebookyoutube instagram
17th June 2019

ނާސްތާ ޕްރޮގްރާމަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބެ ރަނގަޅު ނަތީޖާތަކެއް ހޯދުމަށް ލިބުނު ފަހި ފުރުސަތެއް:ނައިބު ރައީސް

އަބްދުލް ވާހިދު ޙަސަން
Jun 11, 2019

ރާއްޖޭގެ ސްކޫލުތަކުގެ ދަރިވަރުންނަށް މިއަދު ރަސްމީކޮށް ފެށިގެން މިދިޔަ ހެނދުނުގެ ނާސްތާ ޕްރޮގްރާމް ވެގެންދާނީ ދުޅަހެޔޮ ސިއްހަތު ދަރިވަރުން ތިބެ ރަނގަޅު ނަތީޖާތަކެއް ހޯދުމަށް ދަރިވަރުންނަށް މިހާތަނަށް ލިބިގެންދާ އެންމެ ފަހި ފުރުސަތު ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ ރާއްޖޭގެ ސްކޫލުތަކުގައި ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމް ރަސްމީގޮތުން ފެއްޓެވުމަށް މިއަދު ތާޖުއްދީނު ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މި ޕްރޮގްރާމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަރަށް ބޮޑު އިސްކަމެއް ދެއްވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ދަރިވަރުންގެ ކިޔެވުން ހެނދުނު ފަށައިގަންނައިރު ކުދިންގެ ސިކުނޑިތައް ހުޅުވެންޖެހޭކަމަށާއި ފިލާވަޅުތަކަށް ރަނގަޅަށް ސަމާލުކަންދެވި، މުޅި ދުވަހު ކިޔެވުން ކުރިޔަށްގެންދެވޭ ވަރަށް ކުދިން ތައްޔާރުވުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ނައިބުގެ ވާހަކަފުޅުގައި މި ފަދަ ޕްރޮގްރާމަކުން ހަމައެކަނި ލިބިގެންދަނީ ނާސްތާކުރުމުގެ ފުރުސަތު އެކަނި ނޫންކަން ފާހަގަ ކުރެއްވި އެވެ. އުނގެނުމުގެ ތެރެއިން ދަސްކުރަންޖެހޭ ބައެއްކަންތައްތަކުގެ ތެރޭގައި ހިމެނޭ، އިހުތިރާމު ކުރުމާއި، އެހެންމީހުންގެ ހައްގުތައް ދެނެގަނެ ރަނގަޅު ނަތީޖާއަކާ ހަމައަށް ވާސިލުވުމަށް މަސައްކަތްކުރުން ފަދަ އެތައްކަމެއް ދަސްކުރުމުގެ ފުރުސަތު މި ޕްރޮގްރާމްގެ ތެރެއިން ލިބިގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

ވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މި ޕްރޮގްރާމު ރަސްމީގޮތުން މިއަދު ފެށުމާއެކު ރާއްޖޭގެ 180 ރަށެއްގައި، 57،817 ދަރިވަރުންނަށް "މިންހެޔޮ ނާސްތާ'" ލިބިގެންދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355