twitterviber whatsapp telegramfacebookyoutube instagram
18th June 2019

ކުމުންދޫ، ސަމާ ކަފްގައި ކުރިއަށްގެންދިޔުމުގައި ކައުންސިލްގެ ހުއްދަ ހޯދުމަށް އެދިއްޖެ

އަބްދުލް ވާހިދު ޙަސަން
Jun 12, 2019
1

ހދ ކުމުންދޫގައި ކުރިއަށްގެންދިޔަ ފުޓްބޯޅަ މުބާރާތެއްގެ މެޗެއް ނިމުމުތަކުން ރެފްރީއަކަށް ހަމަލަދީ މާރާމާރީ ހިންގައި ރަށުގެ މަސްލަހަތު ގެއްލިއްޖެ އެވެ. ކުލަބު ސަމާއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "އެމްޕީ ސަމާ އީދު ޗެލެންޖް" ފުޓްސަލް މުބާރާތުގައި މިދިޔަ ހޯމަ ދުވަހު ކުޅުނު މެޗު، ނިމުމުތަނާހެން ބެންޗުގައި އިން ކުޅުންތެރިޔަކު ދަނޑަށް އަރައި ރެފްރީއަށް ވަނީ ހަމަލާދީ މާރާމާރީ ހިންގާފަ އެވެ.

އަދި އެކަމުގެ ސަބަބުން ރެފްރީއަށް އަނިޔާވެ އެރަށުގެ ސިއްހީ މަރުކަޒުގައި ވަނީ ފަރުވާވެސް ދީފަ އެވެ. އަދި މިމައްސަލާގައި މުބާރާތަށް ގެނައި ރެފްރީން ވަނީ ރަށުން ފައިބައިގެން ގޮސްފަ އެވެ. އެރަށު ދެ ޓީމެއް ބައްދަލުކުރި މިމެޗުގައި ހަމަލީދީފައިވަނީ ދަށްވި ޓީމުގެ ކުޅުންތެރިޔެކެވެ. އެނގިފައިވާ ގޮތުގައި އޭނާ ރެފްރީއަށް ހަމަލަދީފައިވަނީ ރެފްރީގެ ނިންމުންތަކާ ހިތްހަމަނުޖެހިގެންނެވެ.

މިކަމާ ގުޅިގެން ރަށުގެ އާއްމު މަސްހަލަތު ގެއްލި ރައްޔިތުން ކަންބޮޑުވުންފާޅުކުރަން ފެށުމުން ކައުންސިލުން ވަނީ ފުޓްސަލް މުބާރާތް އިންތިޒާމުކުރާ ފަރާތްތަށް މިއަދު ސިޓީއެއް ފޮނުވާފަ އެވެ. ކައުންސިލްގެ ރައީސް އަމީން މުހައްމަދު ސޮއިކުރައްވާ ފޮނުވާފައިވާ މި ސިޓީގައި ބުނެފައިވަނީ ސަމާ ޗެލެންޖް ކަޕްގެ ނަމުގައި އެރަށުގައި ކުރިއަށްގެންދާ ފުޓްސަލް މުބާރާތަކީ ކައުންސިލްގެ އެއްވެސް ދައުރެއް އޮވެގެން ކުރިއަށްދާ މުބާރާތަކަށް ނުވާއިރު އެދުވަހު ރެފްރީއަށް ހަމަލަދީ މާރާމާރީ ހިންގުމުން ރަށުގެ އާއްމު މަސްލަހަތު ގެއްލިފައިވާކަން ކައުންސިލަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

މާރާމާރީ ހިންގައި ހަމަނުޖެހުން އުފެދިފައިވާ މުބާރާތެއް އެފްއޭއެމްގެ ގަވައިދުތަކާއި އެއްގޮތަށް ކުރިއަށް ނުގެންދެވޭނަމަ، އަދި އެފްއޭއެމްގެ ނުވަތަ ފީފާގެ ލައިސަންސް އޮތް ރެފްރީން ނެތި މުބާރާތް ކުރިއަށްގެންގޮސްފިނަމަ އިތުރަށް ރަށުގެ މަސްލަހަތު ގެއްލިދާނެކަމަށް ބެލެވޭ ކަމަށެވެ. އެހެންކަމުން އެމުބާރާތް އިތުރަށް ކުރިއަށްގެންދަންވާނީ އެފްއޭއެމްގެ ގަވައިދުތަކާއި އެއްގޮތަށް އަދި އެފްއޭއެމްގެ ނުވަތަ ފީފާގެ ލައިސަންސް އޮތް ރެފްރީން ލައިގެންކަމަށް ސިޓީގައި އެދިފައިވެ އެވެ.

ކައުންސިލް ސިޓީގައި އިތުރަށް ބުނެފައިވަނީ ރެފްރީންނާއި ކުޅުންތެރިންނަށް ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުންގެ އެހީތެރިކަން ހޯދައި ކައުންސިލްގެ ހުއްދަ ރަސްމީކޮށް ހޯދައި ކައުންސިލާ މަޝްވަރާކޮށްގެން ކަމަށެވެ. އަދި މިފަދަ މުބާރާތްތައް ރަށުގައި އިންތިޒާމުކުރާތީ ކުލަބު ސަމާއަށް ކައުންސިލުން ޝުކުރުއަދާކޮށްފަވެ އެވެ.

ރެފްރީންގެ ކަންކަން ހަމަނުޖެހުމުގެ ސަބަބުން އިއްޔެއަށް ތާވަލުކުރި ސެމީ ފައިނަލްގެ ފުރަތަމަ މެޗުވެސް ކުޅެފައިވަނީ މިއަދު އެވެ. ސަމާ އީދު ޗެލެންޖް ކަޕް މިއަހަރު ކުރިއަށްގެންދަނީ އެދާއިރާގެ މެމްބަރު މުހައްމަދު ރާއީގެ އެހީތެރިކަމާއެކު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355