twitterviber whatsapp telegramfacebookyoutube instagram
16th July 2019

އެވަކާޑޯ ނުކައި ދޫކޮށްލާވަރު މޭވާއެއް ނޫން

ނަބީލާ އިސްމާޢީލް
Jun 17, 2019

ކޮންމެ މޭވާއަކީ ވެސް ނިސްބަތުން އެތަކެއް ފައިދާތަކެއް ލިއްބައިދޭ އެއްޗެކަން ކޮންމެ ބޭފުޅަކަށްވެސް އެނގިލައްވާނެއެވެ. އެގޮތުން އާންމުގޮތެއްގައި ރާއްޖެގައި ނުހެއްދި ކަމުގައިވީ ނަމަވެސް ރާއްޖޭގެގެ ބާޒާރުން ލިބެން ހުންނަ އެވަކާޑޯއަކީ ތަފާތު އެކި ވިޓަމިންސް އާއި މިނަރަލްސްއިން މުންސަދި މޭވާއެކެވެ.

ދިރާސާތަކުން ހޯދިފައިވާ ގޮތުގައި އެވަކާޑޯގައި ގިނަ މިންވަރަކަށް އޮލީކް އެސިޑް ހިމެނުމުގެ ސަބަބުން މި މޭވާގައި ބައެއް ވައްތަރުގެ ކެންސަރުން ޖެހުމަށް މަގުފަހިވާ ސެލްތައް ނައްތާލުމަށް އެހީވެދެއެވެ. އެގޮތުން ޓިއުމަރު އުފެދޭ ކެންސަރު ނެތިކޮށްލުމަށް ޓިއުމަރ ބޮޑުވުމަށް ހުރަސް އަޅައެވެ. އަނގައިގެ ކެންސަރު އަނގައިގެތެރޭގައި ހުންނަ ކެންސަރުގެ ސެލްތަކާއި ކެންސަރަށް ބަދަލުވުމުގެ ފުރުސަތު އޮންނަ ސެލްތައް ނައްތާލުމަށް އެހީތެރިވެދެ އެވެ. އަދި މީގެ އިތުރުން އުރަމަތީގެ ކެންސަރުން ރައްކާތެރި ކޮށްދެއެވެ.

މި މޭވާގައި ގިނަ އަދަދަކަށް ސައިޓޯސްޓީރޯލް އެކުލެވިގެންވުމުގެ ސަބަބުން ހަށިގަނޑުގައި އެކުލެވޭ ސަރުބީގެ މިންވަރު ދަށް ކުރުމަށް އެހީވެދެއެވެ. އަދި ބަރުދަން ލުއިކުރުމަށް ބޭނުންވާ ފަރާތްތަކަށް ދުވަހުގެ ޑައެޓްގައި ހިމަނާލުން ވަރަށް މުހިންމު މޭވާއެކެވެ. މި މޭވާ ކެއުމުން ބަނޑުހައި ނުވެ ގިނައިރު ހުރެއެވެ.

އެވަކާޑޯގައި ގިނަ އަދަދަކަށް ފޯލިކް އެސިޑް، ގުލުޓަތިއޯން އަދި މޮނޮއަންސެޗުރޭޓް ފެޓް އެކުލެވިގެން ވުމުގެ ސަބަބުން މި މޭވާ ބޭނުން ކުރާފަތްތަކުގެ ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެ ހިތުގެ ދުޅަހެޔޮކަން އިތުރުވެއެވެ. އަދި މި މޭވާގައި ހިމެނޭ ފޯލިކް އެސިޑްގެ ސަބަބުން ސްޓްރޯކް ފަދަ ފުރާނައަށް ނުރައްކާ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަ އެވެ.

އަދި އެވޮކާޑޯގައި ހިމެނޭ ފައިބަރުގެ ސަބަބުން ލޭގައި ހުންނަ ހަކުރުގެ މިންވަރު އެއްހަމައެއްގައި ހިފެހެއްޓިފައި ހުރުމަށް އެހީތެރިވެދެއެވެ. ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ވިޓަމިން އީ އަކީ ހަށިގަނޑަށް ވަރަށް މުހިންމު މާއްދާއެކެވެ. މި މޭވާއަކީ ވިޓަމިން އީ އިން މުއްސަނދި މޭވާއެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355