twitterviber whatsapp telegramfacebookyoutube instagram
16th July 2019

އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފި

އިބްރާހިމް ހަމީދު
Jun 14, 2019
1

އެސްޓިއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު މިއަދުން ފެށިގެން ހެޔޮކޮށްފައިވާކަމަށް އެކުންފުނިން ބުނެފި އެވެ.

އެކުންފުނިން ކޮށްފައިވާ ޓްވީޓްގައި ބުނެފައިވަނީ މިއަދުން ފެށިގެން އެސްޓިއޯއިން ވިއްކާ ޑީސަލް ލީޓަރެއް ލިބޭނީ 11.19 ރުފިޔާއަށެވެ. އަދި ޕެޓްރޯލް ލީޓަރެއް ލިބޭނީ 11.13 ރުފިޔާއަށެވެ. އެކުންފުނިން ބުނިގޮތުގައި ޑީސަލް ލީޓަރަކުން 78 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 26 ލާރިވާނީ ހެޔޮކޮށްފައި އެވެ.

އެންމެފަހުން ތެލުގެ އަގުހެޔޮކޮށްފައިވަނީ މިއަހަރުގެ މެއިމަހުކަމަށާއި އެފަހަރު ވާނީ ޑީސަލް ލީޓަރަކުން 14 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 10 ލާރި ހެޔޮކުރެވިފައެވެ

އެސްޓީއޯއިން އަބަދުވެސް ތެލުގެ އަގަށް ބަދަލުގެންނަމުންދަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލާ ގުޅިގެންނެވެ.

މިކަމާގުޅިގެން ކޭއޯއިން ދެއްނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ކުޅުދުއްފުށީގައި ފުޅާ ދާއިރާއެއްގައި ތެޔޮ ވިއްކަމުންދާ އެތުމާފިއުލްގެ އޮފިޝަލަކު ވިދާޅުވީ އަދި އެކުންފުންޏަށް އެސްޓީއޯއިން ތެލުގެ އަގަށް ބަދަލު އައިސްފައިވާކަން އަންގާފައިނުވާ ކަމަށެވެ.

" އަދި އަޅުގަނޑުމެންނަކަށް ނާނގާ ތެޔޮ އަގުހެޔޮވިކަމެއް އެބޭފުޅުން އަބަދުވެސް ތެލުގެ އަގަށް ބަދަލުއަތުވެއްޖެންޔާ ލިޔުން ފޮނުވާނެ އެލިޔުން އަދި ނާދޭ. ތެލުގެ އަގަށް އެގެނައި ބަދަލު ލިބުމުން ބަދަލު ގެންނަން ނިންމާފަވާނީ." އެތުމާފިއުލްގެ އޮފިޝަލް ވިދާޅުވި އެވެ.

ކޭއޯއަށް އެގިފައިވާގޮތުން އެތުމާ ފިއުލުން އެތަނުން ޕެޓްރޯލް ލީޓަރެއް ވިއްކަމުންދަނީ 12.05 ރުފިޔާއަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކަމުންދަނީ 12.15 ރުފިޔާއަށެވެ. އެކުންފުނިން ބަނދަރުމަތިން ޕެޓްރޯލް ލީޓަރެއް 11.90 ރުފިޔާއަށް ވިއްކަމުންދާއިރު ޑީސަލް ލީޓަރެއް ވިއްކަމުންދަނީ 12.16 ރުފިޔާއަށެވެ

ކުޅުދުއްފުށީގައި މިހާރު ތެލުގެ ވިޔަފާރި ދެ ފަރާތަކުން ކުރަމުންދާއިރު އެސްޓީއޯގެ ތެޔޮ ވިއްކަމުންދަނީ އެތުމާ ފިއުލް ކުންފުނިންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355