twitterviber whatsapp telegramfacebookyoutube instagram
16th July 2019

ކުޅުދުއްފުށީ ޕަބުލިކް ވޯކްސް، ކައުންސިލާ ހަވާލުކޮށްފި

އަބްދުލް ވާހިދު ޙަސަން
Jun 18, 2019
2

ހައުންސިންގ މިނިސްޓްރީގެ ދަށުގައި އޮތް ކުޅުދުއްފުށީ ޕަބުލިކް ވޯކްސް އޮފީސް ކުޅުދުއްފުށީ ކައުންސިލާ ހަވާލުކޮށްފި އެވެ. ކައުންސިލްގެ ދަށަށް ޕަބުލިކް ވޯކްސް މިއަދު ބަދަލުކޮށްފައިވާއިރު އެތަނުގެ ހިންގުމަށް މިސަރުކާރުން ވަނީ ބޭފުޅަކު ހަމަޖައްސާފަ އެވެ.

އެންމެ ފުރަތަމަވެސް ޕަބުލިކް ވޯކްސް އޮތީ ކުޅުދުއްފުށީ ކައުންސިލްގެ ބެލުމުގެ ދަށުގައި އެވެ. ނަމަވެސް ރައީސް ވަހީދުގެ ވެރިކަމުގެ ކައުންސިލުން ނަގައި އެތަން ހައުންސިންގ މިނިސްޓްރީ ދަށަށް ބަދަލުކުރި އެވެ.

ކުޅުދުއްފުށީ ޕަބުލިކް ވޯކްސް ކައުންސިލްގެ ދަށަށް ބަދަލުކުރުމުން ކައުންސިލަށް ހިދުމަތްދިނުމުގައި އެތަކެއް ފަސޭހަތަކެއް ލިބިގެންދާނެ އެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ވިދާޅުވީ ޕަބުލިކް ވޯކްސް، ކައުންސިލްގެ ދަށަށް ބަދަލުކުރުމުން ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމުގައި އެތަކެއް ލުއި ފަސޭހަތަކެއް ލިބި ކައުންސިލް ބާރުވެރިވެގެންދާނެ ކަމަށެވެ.

"ޕަބުލިކް ވޯކްސްގެ ދާއިރާގެ ކަންކަން ނުވެގެން ރައްޔިތުން ޝަކުވާ މިކުރަނީ ކައުންސިލަށް. އެކަމަކު އެކަންކަން ކުރުމުގެ ބާރެއް ނޯވޭ ކައުންސިލަކު. ކައުންސިލުން އަނެއްކާ މިޖެހެނީ ޕަބުލިކް ވޯކްސްގައި އެދިގެން އެކަމެއް ކުރަން." ލަތީފް ވިދާޅުވި އެވެ.

އެގޮތަށް އެދިގެން ކުރާއިރު ގިނަ ކަންކަން ކޮށްފަ ހުންނަނީ ކައުންސިލުން ބޭނުންވާ ގޮތަކަށް ނޫން ކަމަށާއި އަނެއްކާވެސް އާންމުގެ ޝަކުވާ ބޮޑުވާ ކަމަށެވެ. އެކަމަކު ކައުންސިލްގެ ދަށަށް ޕަބުލިކް ވޯކްސް އައުމުން އެފަދަ ކަންކަން ހައްލުވެގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. ލަތީފް ވިދާޅުވީ ޕަބުލިކް ވޯކްސްއާއެކު އެތަނުގެ ހަރަދުތައް ހިންގުމަށް 5 ލައްކަ ރުފިޔާވެސް ކައުންސިލަށް ސަރުކާރުން ފޯރުކޮށްދީފައިވާކަމަށެވެ.

ކުޅުދުއްފުށީގައި ހުންނަ ޕަބުލިކް ވޯކްސް ސައިޓް މަސައްކަތްތައް ކުރަނީ ހަމައެކަނި ކުޅުދުއްފުއްޓަކު އެކަންޏެއް ނޫނެވެ. ބޮޑުތިލަދުންމަތީގެ އެހެން ރަށްރަށުގައި ކުރާ ތަފާތު އެކި މަސައްކަތްތައް ކުރުމަށްވެސް މުވައްޒަފުންނާއެކު ވެހިކަލުތައް ގެންދެ އެވެ.

އެކަމަކު ރައީސް ޔާމީންގެ ވެރިކަމުގައި އެ ވެހިކަލުތައް ކައިރި ދެ ރަށަކަށް ގެންގޮސް ވަނީ ބަހައްޓާފަ އެވެ. ބޭނުންނުކޮށް ބަހައްޓާފައި ހުރުމުން އެ ވެހިކަލުތައް ވަނީ ހަލާކުވާން ފަށާފަ އެވެ. އޭގެ ތެރޭގައު ދެ ބޮޑު ލޮރީ އާއި ކޮމްޕެކްޓަރަކާއި އަދި ހެވީ ދެ ވެހިކަލު ހިމެނެ އެވެ. ކޭއޯއަށް އެނގިފައިވާގޮތުގައި އެ ވެހިކަލުތައް ކުޅުދުއްފުއްޓަށް ނުގެނެވިގެން އުޅެނީ އެމްޑީޕީގެ ނުފޫޒުގަދަ މެމްބަރެއްގެ ސަބަބުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355