twitterviber whatsapp telegramfacebookyoutube instagram
19th September 2019

ކުޅުދުއްފުށީގައި އެސްޓީއޯގެ ކާޑުގެ ބާވަތްތައް ދެން ވިއްކާނީ މިތުރުން!

• އޯޑަރު ކުރައްވާ ފަރާތްތަކަށް ޑެލިވަރީ ކޮށްދެވޭނެ
• އެއްވެސް ދައްޗެއްނެތި ރައްޔިތުންނަށް އެހިދުމަތް ފޯރުކޮށްދެވޭނެ
• މާލޭއާ އެއް ރޭޓަށް ކާޑުގެ ބާވަތްތައް ގަންނަން ލިބޭނެ

އިބްރާހިމް ހަމީދު
Jun 19, 2019
2

ރައްޔިތުންނަށް އެއްވެސް ދައްޗެއްނެތި އެސްޓިއޯގެ ކާޑުގެ ބާވަތްތައް މާލޭގެ އަގަށް ރައްޔިތުންނަށް ފޯރުކޮށްދެއްވާނެކަމަށް ކުޅުދުއްފުށީގެ އެޖެންޓް މިތުރު ކޮމްޕެނީން ބުނެފި އެވެ.

އެސްޓީއޯއިން މިވަނީ ކޮންމެ ރަށެއްގައި ކާޑުގެ ބާވަތްތައް އެޖެންޓުކަން ކޮށްދޭނެ ފަރާތްތައް ހޯދުމަށް ޕްރޮގުރާމެއް ވަނީ ފަށާފަ އެވެ. އެގޮތުން ކުޅުދުއްފުށީ އެސްޓީއޯގެ ކާޑުގެ ބާވަތްތައް ވިއްކުމާއި ޑެލިވަރީކޮށްދިނުމަށް ހަވާލުކޮށްފައިމިވަނީ މިތުރުކޮމްޕެނީއާ އެވެ.

ކޭއޯއިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން މިތުރު ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޒުހައިރު ވިދާޅުވީ އެސްޓީއޯގެ ކާޑުގެ ބާވަތްތައް ވިއްކުމަށް އެކުންފުންޏާއެކުވެފައިވާ އެއްބަސްވުމަށް މިދިޔަ މެއިމަހުން ފެށިގެން އަމަލުކުރަމުން އަންނަ ކަމަށެވެ. އެގޮތުން، މިތުރު ކޮމްޕެނީން އެހިދުމަތަށް އެދިލައްވައި ފަރާތްތަކަށް އެއްވެސް ދަތިކަމެއްނެތި ކާޑުގެ ހިދުމަތް ފޯރުކޮށްދެމުންދާ ކަމަށެވެ.

"މެއިމަހު އެހިދުމަތް ފަށައިފިން. މިތުރު ކޮމްފެނީގެ ފިހާރަތަކުން މާލޭގެ ރޭޓަށް ކާޑުގެ ބާވަތް ވަކި ކިލޯއިން ވިޔަސް ބަސްތާއިންވެސް ލިބެން ހުންނާނެ. ދިހަ ބަސްތާ ނަގަންޔާ އިތުރު ޑިސްކައުންޓެއްވެސް އެޕްލައިކޮށްފައިންނާނެ. އެއީ ބަސްތާއަކުން ފަސް ރުފިޔާ މާބޮޑުއެއްޗެއްދެވޭކަށް ނީދޭ އެހެންނަމަވެސް ގަންނަ ފަރާތްތަކަށް ކޮންމެވެސް ޑިސްކައުންޓެއް ދޭން ބޭނުންވޭ. އާއްމުކޮށް މުދާ ނަގާނީ ވިޔަފާރިވެރިން." މިތުރު ކޮމްޕެނީގެ އެމްޑީ މުހައްމަދު ޒުހައިރު ވިދާޅުވި އެވެ.

މުހައްމަދު ޒުހައިރު ވިދާޅުވީ މިތުރު ކޮމްޕެނީން ކާޑުގެ ބާވަތްތައް ވިއްކަމުންދަނީ މާލޭގައި އެސްޓީއޯ ވިއްކަމުންދާ ރޭޓައަށް ކަމަށެވެ. އެގޮތުން ހަނޑޫ ބަސްތާއެއް 240 ރުފިޔާއަށެވެ. އެނގިފައިވާގޮތުން މާލޭން ހަކުރުބަސްތާއެއް ވިއްކަމުންދަނީ 241 ރުފިޔާއަށް އެހެންނަމަވެސް މިތުރުކޮމްޕެނީ ހަކުރުބަސްތާއެއް ވިއްކަމުންދާނީ 240 ރުފިޔާއަށްކަމަށެވެ. ފުއް ބަސްތާއެއް ވިއްކަނީ 190 ރުފިޔާ ށެވެ. 10 ބަސްތާ ނަގާކަމަށް ވާނަމަ ބަސްތާއަކުން 5 ރުފިޔާގެ ޑިސްކައުންޓެއް ގަންނަ ފަރާތް ތަކަށް ލިބިގެންދާނެކަމަށެވެ.

"މިތުރުގެ ހާޑްވެއަރ ފިހާރަ ފިޔަވާ މިތުރު ކޮމްޕެނީގެ ވިޔަފާރި ކުރަމުންގެންދާ ކޮންމެ ފިހާރަކުން ހުޅުވިފައި ހުންނަ ކޮންމެ ގަޑިއަކުވެސް ޑެލިވަރީ އޯޑަރުތައް ނަގަމުންދާނެކަމަށާއި އަދި ހެނދުނުނަގާ ޑެލިވަރީ ހަވީރުވާއިރަށް ހުރިހާ ޑެލިވަރީއެއް ގެންގޮސް ނިންމާދެން އަދި ޑެލިވަރީ ކުރިއަށްދާނީ ދުވާލުގެ ވަގުތުތަކުގައި ރޭގަނޑު ޑެލިވަރީއެއްނުކޮށްދެން އަޅުގަނޑުމެންނަށް ﷲ އިރާދަކުރެއްވިއްޔާ އެއްވެސް ފަރާތަކަށް އެހިދުމަތް ފޯރުކޮށް ނުދެވިއެއް އަދި ނެތް." މުހައްމަދު ޒުހެއިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކާޑުގެ ބާވަތްތައް މާލޭން ގެންނަނީ މިތުރުގެ އުޅަނދުތަކުގައި ކަމަށާއި އަދި ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުމުގައިވެސް ހަރަކާތްތެރިވާނީ މިތުރުގެ ވެހިކަލުތަކާއި މުވައްޒަފުން ކަމަށެވެ. އަދި އެތަކެތި ރައްކާކޮށްފައި ބެހެއްޓިފައި ހުންނާނީ ފުޑްއެންޑް ޑްރަގް އޮތޯރިޓީ މިންގަނޑަށް ފެތޭގޮތަށް ހަދާފައިވާ ކޮމްޕެނީގެ ގުދަންތަކުގައިކަމަށްވެސް ޒުހެއިރު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355