twitterviber whatsapp telegramfacebookyoutube instagram
16th July 2019

ހޭންޑް ބޯލްގެ ޗެމްޕިއަންކަން ނިއުއޭޖް އަދި ޓީމް ބުލްބުލް ހޯދައިފި

ނަބީލާ އިސްމާޢީލް
Jun 20, 2019

ޑަބްލިއުސްޕޯޓްސް އެކަޑަމީއާއި ހޭންޑްބޯލް އެސޯސިއޭޝަންއާއި ގުޅިގެން ބޭއްވި ހޯޕް ޓްރެވެލްސް ޑަބްލިއު އެސް އޭ ބީޗް ހޭންޑް ބޯލް ޗެމްޕިއަން ޝިޕް 2019 ނިއުއޭޖް އާއި ޓީމް ބުލްބުލް ހޯދައިފި އެވެ.

14 ޓީމަކުން ބައިވެރިވި މި މުބާރާތުގެ ފިރިހެން އަދި އަންހެން ސެމީ ފައިނަލް އާއި ފައިނަލްވެސް ކުޅެފައިވަނީ މިއަދު ހަވީރުއެވެ. އަންހެން ބައިން ސެމީގައި ނިކަ އާއި ފަޔާބޯލް ބައްދަލުކޮށް ނިކަ ފައިނަލަށް ދަތުރުކުރި އިރު ޓީމް ބުލްބުލް އާއި ބޯލް ބާސްޓާރސް ބައްދަލުކޮށް ބުލްބުލް ވަނީ ފައިނަލުން ޖާގަކަށަވަރުކޮށްފަ އެވެ.

ފިރިހެން ބައިން ނިއުއޭޖް އާއި ވުލްކަންސް ބައްދަލުކޮށް ނިއުއޭޖް ފައިނަލަށް ދަތުރުކުރިއިރު ޓާރޓަރުގާ އާއި ޕުރޯޓޯޓައިޕް ބައްދަލުކޮށް ޕުރޯޓޯޓައިޕް ވަނީ ފައިނަލަށް ދަތުރުކޮށްފައެވެ.

އަންހެން ބައިން އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނެނިފައިވަނީ ފަޔާރ ބޯލްގެ ފާތިމަތު ޝިފާނާ، ޓީމް ބުލްބުލްގެ ސާދުނާ އިބްރާހިމް، ނިކަ ޓީމުގެ މަރިޔަމް ޔަދުޔާ ގެ އިތުރުން އެންމެ މޮޅު އަންހެން ކީޕަރަކީ ނިކަ ޓީމްގެ އަމީނާ މުހައްމަދެވެ.

ފައިނަލްގައި ނިކައާއި ބުލްބުލް ބައްދަލުކޮށް 06 ގޯލް 04 ގޯލުން މުބާރާތުގެ އަންހެން ބައިން ބުލްބުލް ކާމިޔާބުކުރި އިރު ނިއު އެޖް އާއި ޕޯރޓްރޭޓްޓައިޕް އާއި ބައްދަލުކޮށް ނިއުއޭޖް ކާމިޔާބުކޮށްފައިވަނީ 19 ގޯލް 17 ގޯލުންނެވެ.

ފިރިހެންބައިން އެންމެ މޮޅުކުޅުންތެރިންގެ ތެރޭގައި ހިމެނިފައިވަނީ ޕުރޯޓޯޓައިޕްގެ އިސްމާއިލް ދީދީ، ޕުރޯޓޯޓައިޕްގެ މުހައްމަދު އިހުސާން، ނިއުއޭޖްގެ މުހައްމަދު އަލީ ނިޒާރުގެ އިތުރުން އެންމެ މޮޅުކީޕަރަކަށް ހޮވިފައިވަނީ ނިއުއޭޖްގެ ފަތުހުﷲ އާދަމެވެ.

މިިއީ ޑަބްލިއު ސްޕޯޓްސް އެކަޑަމީން އިންތިޒާމްކޮށްގެން ފުރަތަމަ ފަހަރަށް ބޭއްވި ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕެވެ. މިމުބާރާތް ކުރިއަށް ދިއައީ ކުޅުދުއްފުށީ ބަންޑާރަ މައިދާނާ ދިމާލު ވެލިގަނޑުގައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355