twitterviber whatsapp telegramfacebookyoutube instagram
21st September 2019

ތިލަދުންމަތީގައި އެމްޓީސީސީން ދެމުންގެންދާ ލޯންޗު ފެރީގެ ހިދުމަތް ހޯރަފުއްޓަށް ފުޅާކޮށްފި

އަބްދުލް ވާހިދު ޙަސަން
Jun 21, 2019

އެމްޓީސީސީން ތިލަދުންމަތީގައި ޤާއިމުކޮށްފައިވާ ސްޕީޑް ލޯންޗު ފެރީގެ ހިދުމަތް ހޯރަފުއްޓަށް ފުޅާކޮށްފި އެވެ. މި ހިދުމަތް އިފްތިތާހްކޮށްދެއްވީ ހޯރަފުށީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ނައިބު ރައީސް ފައިސަލް ނަސީމެވެ.

މިދިޔަ އެޕްރީލުމަހު ރައީސް އިބުރާހިމް މުހައްމަދު އިފްތިތާހްކޮށްދެއްވި މި ހިދުމަތް، ފުރަތަމަ ދޭން ފަށާފައިވަނީ ހއ ދިއްދޫ، ހދ ހަނިމާދޫ އަދި ކުޅުދުއްފުއްޓަށެވެ. ޖޫންމަހު ގިނަ ބަޔެއްގެ އެދުމުގެ މަތިން މި ހިދުމަތް ވަނީ ނޮޅިވަރަންފަރަށްވެސް ފުޅާކޮށްފަ އެވެ.

ހޯރަފުއްޓާއެކު މި ހިދުމަތް ހއ ތިން ރަށަކާއި ހދ ގެ ތިން ރަށެއް މިވަނީ ލޯންޗު ފެރީން ގުޅާލެވިފަ އެވެ. ހުކުރު ދުވަސް ފިޔަވާ އެހެން ހުރިހާ ދުވަހެއްގައި މި ފެރީ ދަތުރުތައް އޮންނާނެކަމަށް އެމްޓީސީސީން ހާމަކުރެ އެވެ.

ހުކުރުދުވަސް ފިޔަވާ ކޮންމެ ދުވަހަކު މި ފެރީ ދަތުރުތައް އޮންނައިރު ދިއްދޫ-ހަނިމާދޫއަށް ޓިކެޓެއްގެ އަގަކީ 150ރ އެވެ. އަދި ދިއްދޫ ކުޅުދުއްފުށި ޓިކެޓެއްގެ އަގަކީ 200ރ އެވެ. ހަނިމާދޫ-ނޮޅީވަރަންފަރު ޓިކެޓެއް އުޅެނީ 75ރ އަށެވެ. އަދި މިއަދު ހިދުމަތް ފެށުނު ރޫޓުގައި ހިމެނޭ ހޯރަފުށި-ކުޅުދުއްފުށި ޓިކެޓެއްގެ ވިއްކަނީ 250ރ އަށެވެ. އެ ރޫޓްގެ ދެކޮޅު ޓިކެޓެއް ވިއްކަނީ 400ރ އަށެވެ.

ނައިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވީ ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އަހުމަދު އާދިލް އަދި އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު، ހޯރަފުށީ ދާއިރާގެ މެމްބަރު ސަލީމްވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355