twitterviber whatsapp telegramfacebookyoutube instagram
16th July 2019

ރާއްޖޭގެ އުތުރާއި ދެކުނުގައި ވިޔަފާރީ ބަނދަރެއް ގާއިމް ކުރަން ބަޔަކު ހޯދަނީ

Jun 22, 2019
1

ރާއްޖޭގެ އުތުރާއި ދެކުނުގައި ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރެއް ގާއިމްކުރަން ކޮންސަލްޓެންސީ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފި އެވެ.

އުތުރާއި ދެކުނުގައި ބައިނަލްއަގުވާމީ ބަނދަރު ހަދަން ކޮންސަލްޓެންޓުން ހޯދަން އިއުލާނު ކުރިއިރު، މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ ގޮތުން އެ ރަށުގައި ބައިނަލްއަގުވާމީ ބަނދަރެއް ފަރުމާކޮށް ކުރުމާއެކު އެ ބަނދަރުގެ މާސްޓަ ޕްލޭން ހަދަން 34 ފަރާތްތަކުން ވަނީ ކުރިމަތިލާފަ އެވެ.

ފިނޭންސް މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި މި މަސައްކަތް ކޮށްދޭން ބޭނުންވާ ފަރާތްތަކުން މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ރިކްއެސްޓް ފޯ ޕްރޮޕޯސަލް (އާރްއެފްޕީ) އާ އެއްގޮތަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދައުވަތު ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާ ކަމަށެވެ.

އަދި ނަގާ ކުންފުންޏަކުން ކުރަން ޖެހޭ މަސައްކަތްތަކުގެ ތެރޭގައި ރާއްޖޭގެ އުތުރާއި ދެކުނުގައި ބަނދަރު ތަރައްގީ ކުރަން ސްކޯޕިން މަސައްކަތް ކުރުމާއި، ފީސިބިލިޓީ އެނަލިސިސް ހެދުމާއި ޕްރޮޖެކްޓް އެކުލަވައިލުމުގެ އިތުރުން ޓްރާންސެކްޝަން އެޑްވައިޒަރީ މަސައްކަތް ކުރަންޖެހޭނެ ކަމަށެވެ.

ޝައުގުވެރިވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ގާބިލްކަން ސާބިތުކޮށް ދިނުމުގެ މައުލޫމާތު އާރްއެފްޕީ އާ އެއްގޮތަށް ހުށަހަޅަން ވާނެ ކަމަށާއި މި މަސައްކަތް ކުރުމަށް ފަރާތެއް ހޮވާނީ ހުށަހަޅާ ޕްރޮޕޯސަލްގެ ފެންވަރާއި އަދި އަގަށް ރިއާޔަތްކޮށްފައި ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މި މަސައްކަތަށް ޕްރޮޕޯސަލް ހުށަހަޅަން 23 ޖޫން 2019 އިން 18 ޖުލައި 2019 އަށް ލިޔުމަކުން ހުށަހެޅުމުން ޕްރޮޕޯސަލް ހުށަހެޅުމަށް ރެޖިސްޓާ ކޮށްދޭނެ އެވެ. މި މަސައްކަތާއިބެހޭ ލިޔެކިޔުންތައް ސޮފްޓް ކޮޕީ ފޯމެޓުގައި ޕްލޭނިން މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355