twitterviber whatsapp telegramfacebookyoutube instagram
16th July 2019

މަރުހަބާ:ނުހުއްޓި 35 މޭލަށް، މިއީ ކައިޓް ސާފިންގެ ރާއްޖޭގެ ރެކޯޑެއް

• މިއީ ރާއްޖޭގައި މިހާތަނަށް ނުހުއްޓަށް މިހާ ދުރު ރާސްތާއަކަށް ކުރި ފުރަތަމަ ދަތުރު
• މިއީ ކުޅުދުއްފުށިން ށ ފުނަދުއަށް 9 ކައިޓް ސާފަރުން ކުރި ދަތުރެއް
• މިއީ ރާއްޖޭގެ ރެކޯޑެއް

އަބްދުލް ވާހިދު ޙަސަން
Jun 22, 2019

މުޅި ދުނިޔޭގައިވެސް މިހާރު ޒުވާނުންގެ މެދުގައި މަގުބޫލުކަން ހޯދަމުން އަންނަ ކުޅިވަރަކީ ކައިޓް ސާފިން ނުވަތަ ރާޅުގުޑި އެވެ. ހަމަ އެހެންމެ ރާއްޖެއަށް މިކުޅިވަރު ތައާރަފުވެ ފެތުރެމުން ދަނީ ފަތުއަޑުކިޔާފަ އެވެ. ބޮޑު އިންސަތައެއް ކަނޑު ހިމެނޭ މި ޖަޒީރާ ރާއްޖޭގައި މި ކުޅިވަރަށް ލޯބިކުރާ މީހުން އަންނަނީ އެދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ.

މިކަމުގެ އެއް ހެއްކަކީ އެންމެ އުތުރު އާބާދީ ބޮޑު ކުޅުދުއްފުށީގައި މިކުޅިވަރަށް ހުންނަ ފޯރި އެވެ. 50 ކައިޓް ސާފަރުން ކުޅުދުއްފުށީގައި އުޅޭއިރު އަދިވެސް ގިނަ ޒުވާނުން އަންނަނީ މިކުޅިވަރުގެ ތެރެއަށް ވަންނަމުންނެވެ. މިއަދު މިވަނީ ސަޅި ހަރަކާތެއްވެސް ކުރިއަށްގެންގޮސްފަ އެވެ. ޒުވާނުންތަކެއް ރާޅުގުޑީގައި ކުޅުދުއްފުށިން ށ ފުނަދުއަށް ދަތުރުކޮށްފަ އެވެ.

މިހަރަކާތުގައި 10 ކައިޓް ސާފަރުން ބައިވެރިވިކަމަށް ރިޕޯޓްކުރެވުންކަމުގައިވިޔަސް މިހަރަކާތުގައި ރާޅުގުޑީގައި ދަތުރުކޮށްފައިވަނީ 9 ސާފަރުންނެވެ. މިއީ މިހާތަނަށް ރާއްޖޭގައި ނުހުއްޓި ރާޅުގުޑީގައި ކުރި ފުރަތަމަ ދަތުރެވެ. މިއީ ރާއްޖޭގެ ރެކޯޑެކެވެ.

"ގަމީސް ވައި ދަށަށް" ނަމުގައި ކުޅުދުއްފުށީ ކައިޓް ބޯޑިންއިން އިންތިޒާމުކޮށްގެން މިއަދު ކުރިއަށްދިޔަ މިހަރަކާތުގައި ކުޅުދުއްފުށީގެ 7 ކައިޓް ސާފަރުންނާއި ބ.އަތޮޅަށް ނިސްބަތްވާ 2 ކައިޓް ސާފަރަކީ ފޯއްމުލަކު ސިޓީއަށް ނިސްބަތްވާ އެއް ކައިޓް ސާފަރަކު ހިމެނުނެވެ. އެކުވެރިކަން ބަދަހިކޮށް ގުޅުން ގާއިމުކުރުމުގެ ގޮތުން މި ނުވަ ޒުވާނުން ކައިޓް ސާފިން،ނުވަތަ ރާޅުގުޑީގައި ކުޅުދުއްފުށިން ދަތުރު ފެއްޓީ ހެނދުނު 9:45 ހާއިރު، ދެ ގަޑިއިރުން ފުނަދޫއަށް ދެވޭނެކަމަށް ލަފާކުރިނަމަވެސް ފުނަދޫއަށް ބައިވެރިންނަށް ދެވުނީ މެންދުރު 1:15 ގަ އެވެ.

"ކުޅުދުއްފުށިން ނައްޓާލީސުރެއް ފުނަދޫއަށް ދެވެންދެން އެއްވެސް ތާކު މަޑެއް ނުކުރަން. ފެންފޮދެއް ބޯލަންވެސް މަޑުކޮށްފައެއް ނޯނާނެ." ރާޅުގުޑީގައި ފުނަދުއަށް ދިޔަ ކުޅުދުއްފުށީގެ އެތުލީޓެއް ބުންޏެވެ.

އޭނާ ބުނީ މިއީ ރާއްޖޭގައި މިހާތަނަށް ނޮން-ސްޓޮޕްކޮށް، އެންމެ ދިގު ކައިޓް ސާފިން އިވެންޓް ކަމަށާއި މިހަރަކާތް ކާމިޔާބުކަމާއެކު ނިންމާލާފައިވާ ކަމަށެވެ.

ރާއްޖޭގައި މިހާތަނަށް ރާޅުގުޑީގައި ނުހުއްޓި ކުރި އެންމެ ދިގު ދަތުރަކަށް މިދަތުރުވީއިރު މިއީ 35 މޭލުގެ ދިގު ދަތުރެކެވެ. މީގެ ކުރިން ރާޅުގުޑީގައި ވިލިނގިލިން މާފުއްޓަށް ދަތުރުކޮށްފައިވާ ރާއްޖޭގެ ދެކުނު އުތުރަށް ރާޅުގުޑީގައި އެތުލީޓުންތަކެއް މިހާރު ފަށާފައިވާ ދަތުރުގައިވެސް، ދަތުރުކުރަނީ ކައިރި ރަށްރަށަށް މަޑުކުރަމުންނެވެ.

ފަހުރުވެރި މިކާމިޔާބީއާއެކު ކައިޓް ސާފަރުން ތިބީ ވަރަށް ހިތްހަމަޖެހިގެންނެވެ. އިންތިޒާމުތައް ކުރިއަށްގެންދިޔަ ގޮތަށް ހުރިހާކަމެއް ދިޔައީ ރަނގަޅަކަމަށް އެފަރާތުން މައުލޫމާތުދެ އެވެ.

ކުޅުދުއްފުށިން ނައްޓާލައިގެން ފުނަދުއަށް ދިޔުމަށް ރައިޑަރުން ދަތުރުކޮށްފައިވަނީ ވައި ދަށުންނެވެ. ލައިނަކަށް ވާގޮތަށް ދަތުރުކުރުއިރު ކައިޓް ސާފަރުންގެ ސަލާމަތަށް ކުޑަ ލޯންޗެއް ބައިވެރިންނާއެކު ދަތުރުކުރެ އެވެ. މިދަތުރުގައި ފުނަދޫގައި އުޅޭ ކައިޓް ސާފަރުންނާ ބައްދަލުކޮށް އެކުގައި ވަނީ ވަގުތު ހޭދަކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355