twitterviber whatsapp telegramfacebookyoutube instagram
19th September 2019

ހިރަފުސް ކަޕްގެ ގުރުއަތުލުން ބާއްވައިފި

އިބްރާހިމް ހަމީދު
Jun 24, 2019

ނުވަ ޓީމާއެކު ކޮންމެ އަހަރަކު ކުޅުދުއްފުށީގެ ޒުވާނުންގެ މެދުގައި ކުރިއަށްގެންދާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް،ހިރަފުސް ކަޕްގެ ގުރުއަތުލުން ރޭ ބާއްވައިފި އެވެ.

ހިރަފުސް ކަޕް ފުޓްބޯޅަ މުބާރާތަކީ ކުޅުދުއްފުށީގައި ކޮންމެއަހަރަކުވެސް ކުރިއަށްގެންދާ އެންމެ ބޮޑު މުބާރާތެވެ. ޒުވާނުން އިސްނަގައިގެން އެކިފަރާތްތަކުގެ ދީލަތި އެހީތެރިކަމާއެކު މިމުބާރާތް މެދުކެނޑުމެއްނެތި ކުރިއަށް ގެންދާތާ މިއީ ބާރަވަނައަހަރުކަން ފާހަގަކޮށްލެވެ އެވެ.

ކޭއޯއަށް ދެއްވި އިންޓަވިއުއެއްގައި މުބާރާތުގެ ކޯޑިނޭޓަރ މުޙައްމަދު ހަސަން ބުނީ ހިރަފުސް ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަހަރު ނުވަ ޓީމް ކުޅޭނެކަމަށާއި މިމުބާރާތުގެ ނަތީޖާ އެއް އަހަރުން އަނެއް އަހަރަށް ކުރިއަށްދާ މިއަހަރުގެ ވެސް މެއިން ސްޕޮންސަރަކީ ޕެންޓަގުރާމް ކަމަށެވެ.

"އަދި މިމުބާރާތް މެދު ކެނޑުމެއްނެތި ކުރިއަށްގެންދާ މިއީ ބާރަވަނައަހަރުކަމަށާއި މިއި މުބާރާތް މިހާ ފުރިހަމަކޮށް ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދެވެނީ ޒުވާނުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމާއެކު. އަދި މުބާރާތް ކުރިއަށް ގެންދިއުމަށް އެކިފަރާތްތަކުން ވެދެއްވާ އެހީތެރިކަމުން." ކޯޑިނޭޓަރ ވިދާޅުވި އެވެ.

ކޯޑިނޭޓަރ މުހައްމަދު ހަސަން ބުނީ މިމުބާރާތުގެ މަގުސަދަކީ ފުޓްބޯޅައަށް އޮންނަ ލޯބި ޒުވާނުންގެ ތެރޭގައި އިތުރުކޮށް އެފުރުސަތު ޒުވާނުންނަށް ހޯދައިދިނުން ކަމަށެވެ. އަދި ފުޓްބޯޅައަށް ޒުވާނުން އިތުރަށް އަހުލުވެރިކުރުންކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"މިމުބާރާތުގައި ބައިވެރިވެ ކުޅެމުންދާ ކުދިންގެ ފިޓްނަސް ރަގަޅުވެ ރަށުގައި ބާއްވާ އެހެން މުބާރާތްތަކުގައި ކުޅުމަށް ފުރުސަތު ލިބިގެންދޭ. އެއް އަހަރުން އަނެއް އަހަރަށް މުބާރާތުގެ މަޤުސަދު ހާސިލުވަމުންއެބަދޭ." މުހައްމަދު ބުންޏެވެ.

ހިރަފުސް ކަޕް މިއަހަރު ވާދަ ޓީމުތަކަކީ ކުޅުދުއްފުށީން ފަސްޓީމާއި ރަށުން ބޭރުން ހަތަރު ޓީމާއެކު ޖުމްލަ ނުވަ ޓީމަކުންނެވެ.

މިމުބާރާތުގައި ވާދަކުރަނީ ސޮސައިޓީ ފޯރ ކުޅުދުއްފުށީ ޔޫތް ޓީމާ އާއި ބަޝީރު ސްޕޯޓްސް އެކަޑަމީގެ އިތުރުން ކްލަބް ކޮރަލްސް އާއި ޒިގްޒެގް ޓީމުގެ އިތުރުން ކުޅުދުއްފުށީ އެކުވެރިންގެ ދިރުމުން ނެވެ. މީގެ އިތުރުން މިމުބާރާތުގައި ރަށުން ބޭރުން ވާދަކުރަނީ ހަނިމާދޫ ސާއްބަ ޓީމާއި ނޮޅިވަރަން ކުލަބް ތިލަދުންމަތީގެ އިތުރުން ނޮޅިވަރަންފަރު ލައިކަން އަދި ހިރިމަރަދޫ ހިޔާ ޖަމިއްޔާއިންނެވެ.

މުބާރާތް ކުރިއަށްދާނީ ޖޫންމަހުގެ 29 އިން ޖުލައިމަހުގެ 19 އަށް ކުޅުދުއްފުށީ ހިރަފުސްދަނޑުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355