twitterviber whatsapp telegramfacebookyoutube instagram
24th August 2019

ޕެންޓަގްރާމް ހިރަފުސް ކަޕުގެ ފުރަތަމަ މެޗު ސްކައި ކާމިޔާބުކޮށްފި

ޚަދީޖާ އާދަމް
Jul 1, 2019

އިއްޔެ ފެށުނު 12 ވަނަ ޕެންޓަގްރާމް ހިރަފުސްކަމުގެ ފުރަތަމަ މެޗު ސްކައި ކާމިޔާބު ކޮށްފި އެވެ.

ބަސީރު ސްޕޯޓް އެކަޑަމީ (ބީއެސްއޭ) އާއި ސޮސައިޓީ ފޯރ ކުޅުދުއްފުށީ ޔޫތް (ސްކައި) ބައްދަލުކުރި މި މެޗް ކާމިޔާބުކުރީ 2-0 ލަނޑުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސްކައި ޖާޒީން ނަންބަރު 34 ފަރުހަތު މުހައްމަދެވެ.

މި މުބާރާތުގައި މިއަދު ބައްދަލު ކުރާނީ ޒިގްޒެގް އަދި ކޮރަލްސް އެވެ.

މި އަހަރުގެ މި މުބާރާތުގައި ޖުމްލަ 9 ޓީމެއް ވާދަކުރާއިރު ކުޅުދުއްފުށީގެ ޓީމުތަކުގެ އިތުރުން ދެން ބައިވެރިވެފައިވަނީ ހަނިމާދޫ، ހިރިމަރަދޫ، ނޮޅިވަރަމް އަދި ނޮޅިވަރަންފަރުންނެވެ.

މުޅި އަތޮޅަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި މިއީ މިހާ ގިނަ އަދަދަކަށް ކުލަބުތަކުން ބައިވެރިވި ފުރަތަމަ ފަހަރެވެ.

ހިރަފުސް ދަނޑުގައި ކުޅޭ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 20،000/- ރުފިޔާގެ ފައިސާ ހުށަހެޅިފައިވާއިރު ރަނަރަޕް ޓީމަށް 5000/- ރުފިޔާ ހުށަހެޅިފައިވެ އެވެ.

މިދިޔަ އަހަރު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ މަގުލަސް ކުލަބެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355