twitterviber whatsapp telegramfacebookyoutube instagram
20th February 2020

ދިރާގު ޓީވީން ކުޑަކުދިންނަށް ހާއްސަ ދިވެހި އެނިމޭޓެޑް ސީރީޒްއެއް ނެރެފި

ނަބީލާ އިސްމާޢީލް
Jul 2, 2019

ދިރާގު ޓީވީއިން ކުޑަކުދިނަނަށް ހާއްސަ ދިވެހި 2ޑީ އެނިމޭޓެޑް ކާޓޫން ސީރީޒް "ކައިލް އާއި ލޫލޫ" ދިރާގު ޓީވީގެ އޮން ޑިމާންޑް ޕްލެޓްފޯމް މެދުވެރިކޮށް ބެލޭނެ ގޮތް ހަދައިފިއެވެ. މި ޝޯވ އަކީ ކުޑަކުދިން ގަޔާވާ ފިލާވަޅުތަކާއި ގޭމްތަކުގެ ތެރެއިން "ހާށަވިޔަނި" ނުވަތަ އަކުރު އުނގެނުމަށް މަގުފަހިކުރުމުގެ މަގުސަދުގައި ތައްޔާރު ކޮށްފައިވާ ޝޯވ އެއް ކަމަށް ދިރާގުން ބުނެއެވެ.

2 އަހަރާއި 7 އަހަރާ ދެމެދުގެ އުމުރުގެ ކުދިންނަށް އަމާޒުކޮށްގެން މި ޝޯވ އުފައްދާފައިވަނީ "ގޮރިއްލާސެލްސް" އިންނެވެ. މި ކުންފުނީގެ އަމާޒަކީ ކުޑަކުދިންނަށް ހާއްސަ ތައުލީމީ އަދި މުނިފޫހިފިލުވުމުގެ އެނިމޭޓެޑް ޝޯވތައް ތައްޔާރުކުރުން ކަމުގައިވެސް ދިރާގުން ބުނެއެވެެ. އަދި ގޮރިއްލާސެލްސް ދަނީ ކުރިއަށް އޮތްތަނުގައި ކައިލް އާއި ލޫލޫގެ އިތުރު ވާހަކަތައް ތައްޔާރުކުރުގެ މަސައްކަތްކުރަމުންނެވެ.

ދިރާގު ޓީވީ އިން މަސައްކަތްކުރަމުން ދަނީ އޮން ޑިމާންޑް ލައިބްރަރީ އިތުރަށް ފުޅާކޮށް މުއްސަނދިކޮށް ދިވެހި އަދި ބޭރުގެ ކޮންޓެންޓް ފަސޭހަކަމާއެކު ބެލުންތެރިންނާ ހަމައަށް ފޯރުކޮށްދިނުމަށް ކަމަށް ވެސް އެ ކުންފުނިން ހާމަކުރެއެވެ.

ދިރާގު ޓީވީގެ އޮން ޑިމާންޑް ޕްލެޓްފޯމް އަށް ހާއްސަ ޕްރޮމޯޝަނެއްގެ ދަށުން ދިރާގު ޓީވީގެ "އިންޓްރޯ އޮފަރ" އަދި "ބޭސިކް ޕެކޭޖް" ގެންގުޅުއްވާ ހުރިހާ ކަސްޓަމަރުންނަށް 31 ޑިސެމްބަރ ގެ ނިޔަލަށް މުޅިން ހިލޭ ބޭނުން ކުރެވޭނެ ކަމަށެވެ.

ދިރާގު ޓީވީގެ އޮން ޑިމާންޑް ޕްލެޓްފޯމް ފަރުމާކުރެވިފައިވަނީ ކަސްޓަމަރުންނަށް ބޭނުންކުރަން ފަސޭހަވާނެ ފަދަ ގޮތަކަށެވެ. އެގޮތުން ދިރާގު ޓީވީގެ "ހޯމް ސްކްރީން" ގައި ވާ " އޮން ޑިމާންޑް" ޖަހާފައިވާ ބަޓަން އަށް ފިއްތަވާލުމުން އޮން ޑިމާންޑް ކޮންޓެންޓްތައް ބައްލަވާލެވޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355