twitterviber whatsapp telegramfacebookyoutube instagram
28th February 2020

3 ރަށެއްގެ ބަނދަރު ހެދުމަށް އެމްޓީސީސީއާއި ހަވާލުކޮށްފި

ޚަދީޖާ އާދަމް
Jul 3, 2019

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ އިން 3 ރަށެއްގެ ބަނދަރު ހެދުމުހެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފިއެވެ.

އެގޮތުން އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ ބ. ފެހެންދުއާއި ފުޅަދުއާއި އިތުރުން ށ. ފީވަކުގެ ބަނދަރު ހެދުމުގެ މަޝްރޫއެވެ.

މި ތިން ރަށުގެ ތެރެއިން ފުޅަދުއާއި ފީވަކުގެ ބަނދަރު ހެދުމުގެ މަޝްރޫޢު ނިންމުމަށް 390 ދުވަސް ދީފައިވާއިރު ފުޅަދޫގެ ބަނދަރު ހެދުމުގެ މަޝްރޫޢަކީ 48.2 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އަދި ށ ފީވަކުގެ ބަނދަރު ހެދުމުގެ މަޝްރޫއަކީ 69.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ފެހެންދޫ ބަނދަރު ހެދުމުގެ މަޝްރޫއަށް 1 އަހަރުގެ މުއްދަތެއް ދީފައިވާ އިރު މި މަޝްރޫއަށް 49.6 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް ޕްލޭނިންގ މިނިސްޓްރީން މައުލޫމާތުދެއްވައެވެ.

މި އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީ.އީ.އޯ ހަސަން ޝާހެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355