twitterviber whatsapp telegramfacebookyoutube instagram
22nd January 2020

އެއާޕޯޓް ޓާމިނަލް ނިންމާ ޖުލައިމަހު ސަރުކާރާ ހަވާލުކުރެވޭނެ: ވޭވްލެންތް

އިބްރާހިމް ހަމީދު
Jul 5, 2019
3

ކުޅުދުއްފުށީ އެއާޕޯޓްގެ ޓާމިނަލްގެ މަސައްކަތް ޖުލައިމަހު ނިންމާ ސަރުކާރާއި ހަވާލު ކުރެވޭނެ ކަމަށް އެމަސައްކަތުގެ ކޮންޓްރެކްޓަރ ވޭވް ލެންތުކުންފުނިން ބުނެފި އެވެ.

ކޭއޯއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެކުންފުނީގެ އޮފިޝަލަކު ވިދާޅުވީ ކުޅުދުއްފުށީ ޓާމިނަލް މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާކަމަށެވެ.

"ޖުލައިމަހުގެ ވިހީގެ ކުރީން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ޓާމިނަލްގެ މަސައްކަތް ނިންމާ ސަރުކާރާއި ހަވާލުކުރެވޭނެ މިހާރު ކުރިއަށްދަނީ ފިނިސިންގެ މަސައްކަތް " އޮފްޟަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ އެއާޕޯޓްގެ ފަޔަރ ބިލްޑިންގ މަސައްކަތް ވެސް ކުރިއަށް ދާކަމަށާއި އޯގަސްޓްމަހުގެ ނިޔަލަށް އެމަސައްކަތް ވެސް ނިންމާ ސަރުކާރާއި ހަވާލުކުރެވޭނެ ކަމަށެވެ.

ކުޅުދުއްފުށީ އެއާޕޯޓްގެ ޓާމިނަލްގެ މަސައްކަތް ކުރަމުން ގެންދިޔަ ކޯލައިން ކުންފުނިން އެމަސައްކަތް ކުރިއަށް ނުގެންދާތީ އެކުންފުންޏާއި ސަރުކާރާއި އެކުވެފައިވާ އެއްބަސްވުންއުވާލާ ޓާމިނަލް ނުނިމި ހުރި މަސައްކަތް ތައް ހަތްދިހަ ދުވަސް ތެރޭގައި ނިންމުމަށް ކުޅުދުއްފުށީ ވޭވްލެންތު ކުންފުންޏާ ސަރުކާރުން އެމަސައްކަތްތައް ހަވާލުކުރީ 2019 ވަނަ އަހަރުގެ އޭޕްރީލްމަހު އެވެ.

ގިނަ ރައްޔިތުން ބުނަމުންދަނީ ކުޅުދުއްފުށީ އެއާޕޯޓްގެ ހިދުމަތް ފެށުމަށް ސަރުކާރުން ތައްޔާރު ވަމުންދާއިރު އެއާޕޯޓަށް އެރައިވަލަށާއި ޑިޕާޗާއަށް މީހުން ފުރުވާލުމަށް އަންނަ މީހުން އެއާޕޯޓްގެ ޓާމިނަލުން ބޭރުގައި މަޑުކޮށްލެވޭނެގޮތެއް އަދި ފެންނަ ނެތްއިރު ބޭނުންކޮށްލާނެ ޕަބްލިކުފާހާނާއެއްވެސް ގާއިމުކުރެވިފައިވާ ނެތުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއްކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355