twitterviber whatsapp telegramfacebookyoutube instagram
21st September 2019

އަހިވަށް މީރު ނޫނަސް ކާން ރަނގަޅު މޭވާއެއް!

ނަބީލާ އިސްމާޢީލް
Jul 7, 2019

ކުރީޒަމާނު ގޭގޭގައި ހައްދާ އުޅުނު ނަމަވެސް މިހާރަކަށް އައިސް ވަރަށް މަދު ގެއަކުން ނޫނީ ނުފެންނަ އަހިވަށް ގަހަކީ މިހާރުވެސް މަދު މަދުން ނަމަވެސް ވަލުތެރޭ ކަހަލަ ގަސްގިނަވެ ޖަންގަލި ހެދިފަ ހުންނަ ތަންތަނުން ފެންނަ ގަހެކެވެ. އަހިވަކަކީ ހުތް ފޮނި ނުވަތަ ކުޅި ރަހައެއްދޭ ވަރަށް ފައިދާ ހުރި މާއްދާތަކުން މުއްސަނދި މޭވާއެކެވެ. ނަމަވެސް ގިނަ ބަޔަކަށް އެހާމީރު ނުވަތަ އެހާ ގަޔާވާ މޭވާއެއް ނޫނެވެ. ސަބަބަކަށް ވެފައި އޮންނަނީ މި މޭވާގެ ވަސް ކަމުގައިވެސް ވެދާނެވެ.

އެގޮތުން އަހިވަށް ފަނި ބޭނުންކުރުމަކީ އޭގައި ހިމެނޭ އެންޓި އޮކްސިޑެންޓްތަކުގެ ސަބަބުން ކެންސަރާއި ޓިއުމަރު އުފެއްދުމާއި ދެކޮޅަށް މަސައްކަތް ކުރާކަމެކެވެ. އަދި އަހިވަކުގައި ހިމެނޭ އެންތްރަކިނޯންގެ ސަބަބުން ގައިގަ އުފެދޭ ފާރުގަނޑުތަކުގައި ހުންނަ ޖަރާސީމްތަކުގެ އަސަރު ދުއްވާލައެވެ.

އަހިވަކަކީ ދީފާއި ބާރު ވަރުގަދަކުރުމަށާއި ދުޅަ ތަކާއި ދެކޮޅަށް މަސައްކަތްކޮށްދޭ މޭވާއެކެވެ. އަދި މި މޭވާއަކީ ނެޗުރަލް ޕޭން ކިލާއެއްވެސްމެއެވެ. އަހިވަކުގައި ހިމެނޭ އެކްސްޓްރެކްޓް ގެ ސަބަބުން ތަދުކަނޑުވައިދީ ހުޅުތައް ދުޅަވުމުގެ ބަލިތައް ޖެހުމުން ހުޅުހަލާކުވާ މިންވަރު ދައްކޮށްދޭ އެއްޗެކަމުގައެވެ. މިއީ ތަފާތު ބަލިތައް ޖެހިފައިވާ މީހުންނާއި ދިގުމުއްދަތަށް ބަލިވުމުގެ ސަބަބުން ދިފާއީ ބާރު ދަށްވެފައިވާ މީހުން ބޭނުންކުރަން ރަގަޅު މޭވާ އެކެވެ.

މީގެ އިތުރުން އަހވަކަކީ ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ވަރަށް ރަނގަޅު ފަރުވާއެކެވެ. އަދި މީގެ އިތުރުން ކޮންމެ ދުވަހަކު އަހިވައް ފަނި ބުއިމަކީ ސިފިލިސް އަދި ކިހުނުވުން ފަދަ ޖިންސީގުޅުމުން ފެތުރޭ ބަލިތަކަށް ޝިފާއެއްގެ އިތުރުން ރަހިމުގައި ގޮށްލުން ކުރިމަތިވުމުންގެ ވޭނުން ރަނގަޅުވުމަށްވެސް އެހީތެރިވެދޭ މޭވާއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355