twitterviber whatsapp telegramfacebookyoutube instagram
16th July 2019

ޕެރޫ ބަލިކޮށް ބުރެޒިލް އިން ކޮޕާ އެމެރިކާ ކާމިޔާބުކޮށްފި

Jul 8, 2019

ޕެރޫ ބަލިކޮށް ބުރެޒިލް އިން ކޮޕާ އެމެރިކާ ކާމިޔާބު ކޮށްފި އެވެ.

ދެކުނު އެމެރިކާ ބައްރުގެ އެންމެ ޝަރަފްވެރި މުބާރާތް ކަމުގައިވާ ކޮޕާ އެމެރިކާ ބްރެޒިލް އިން ކާމިޔާބު ކުރީ ފައިނަލްގައި 3-1 އިން ޕެރޫ ބަލިކުރުމަށް ފަހުއެވެ. އެންމެ ފަހުން ބްރެޒިލް އަށް ކޮޕާ އެމެރިކާ ކާމިޔާބު ކުރެވިފައި ވަނީ މީގެ 12 އަހަރު ކުރިންނެވެ.

ބޮޑެތި ޓީމުތަކާއި ފުޓުބޯޅައިގެ މާހިރުންވެސް ހައިރާން ކުރުވާފައި ފައިނަލަށް ދިޔަ ޕެރޫ އަށް މިހާތަނަށް ކޮޕާ އެމެރިކާގެ 2 މުބާރާތެއް ކާމިޔާބު ކުރެވިފައި ވެއެވެ. އެއީ 1939 އަދި 1975 ގައެވެ. ނަމަވެސް ފަހަކަށްފައިސް މާބޮޑުކާމިޔާބެއް ހޯދިފައި ނުވާތީ ހުރިހާ އެންމެންވެސް ހީކުރީ ގްރޫޕް ސްޓޭޖުން ކަޓާނެ ކަމަށެވެ. އެޓީމު ދެވަނަ ބުރަށްވެސް ދިޔައީ ހަނި ގޮތަކަށް ގްރޫޕްގެ 3 ވަނައިގެ ގޮތުގައެވެ.

ރޭގެ މެޗުގެ ފުރަތަމަ ގޯލް ޖަހާފައިވަނީ ބްރެޒިލްގެ ގެބްރިއަލް ޖީސަސް ދިން ޕާހަކުން އެވަޓަން އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމެންދަނިކޮށް ލިބުނު ޕެނަލްޓީއަކުން ޕެރޫގެ ޕައުލޯ ގެރޭރޯ ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ނަމަވެސް ހާފުގެ ފަހު މިނެޓްގައި މުބާރާތުގައި ވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ޖީސަސް ވަނީ ގޯލެއް ޖަހައި ބްރެޒިލް އަށް ކުރިހޯދައި ދީފައެވެ.

ދެވަނަ ހާފުގެ 70 ވަނަ މިނެޓްގައި ދެވަނަ ރީދޫ ކާޑަކާއެކު ޖީސަސް އަށް ވަނީ ރަތްކާޑެއް ދައްކާފައެވެ. ބްރެޒިލްގެ 3 ވަނަ ލަނޑު މެޗުގެ 90 ވަނަ މިނެޓްގައި ޕެނަލްޓީއަކުން ޖަހައިދިނީ ރިޗަލީސަން އެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ބްރެޒިލްގެ ކެޕްޓަން ޑެނިއަލް އަލްވޭޒް ހޮވުނު އިރު އެންމެ މޮޅު ގޯލް ކީޕަރަކަށް ހޮވުނީ އެޓީމުގެ ކީޕަރ އެލިސަން އެވެ. މުބާރާތުގެ ތިންވަނަ ހޯދީ 2-1 އިން ޗިލީ ބަލިކުރި އާޖެންޓީނާ އެވެ. ތިންވަނަ ހޮވި މެޗުގައި އާޖެންޓީނާގެ މެސީ އަދި ޗިލީގެ މެޑެލްއަށް ވަނީ ރަތްކާޑު ދައްކާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355