twitterviber whatsapp telegramfacebookyoutube instagram
20th October 2019

ނުނެގި ހުރި ދެ ގޯތީގެ އަގު ކުރުމުގެ މަސައްކަތް ދަނީ ކުރިއަށް: ކުޅުދުއްފުށީ ކޯޓް

އިބްރާހިމް ހަމީދު
Jul 12, 2019

ކުޅުދުއްފުށީ އެއާޕޯޓް ސަރަހައްދުން ނެގި ގެތަކުގެ ތެރެއިން ދައުލަތުން ހުށައެޅި ބަދަލާމެދު ހިތްހަމަނުޖެހިގެން ހައިކޯޓްގައި އިސްތިއުނާފު ކުރި ދެ ގޯތީގެ މައްސަލަ ނިންމުމަށް އަގުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ބުނެފި އެވެ.

ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން މަޢުލޫމާތުދޭގޮތުގައި އެއާޕޯޓް ސަރަހައްދުގައި މިހާރުން މިހާރަށް ނަގަންޖެހޭ ދެ ގޭގެ މައްސަލަ ނިންމުމަށް މާލޭއިން އަގު ކޮމެޓީގެ ބޭފުޅުން މިމަހު ދިހަވަނަ ދުވަހު ކުޅުދުއްފުއްޓަށް އައިސް އަގުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

2018 ވަނައަހަރު އޮކްޓޫބަރުމަހުގެ ސައުވީސް ވަނަދުވަހު ހައިކޯޓް އުތުރު ގޮފީގައި މި ދެ ގޯތީގެ މައްސަލައިގައި ވަކިވަކިން ކުރިއަށްދިޔަ ޝަރީއަތުގައި މިމައްސަލަ މިގޮތަށް ނިންމެވީ ތިން ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ބެންޗުގެ އިއްތިފާގުންނެވެ.

ހުކުމް އިއްވަވަމުން ފަނޑިޔާރު ވިދާޅުވެފައިވަނީ ބަންޑާރަގޯއްޗާއި އެގޯތީގެ ނުއުފުލޭ މުދާ އާންމުވެގެންވާ މަންފާއަކަށްޓަކާ ދައުލަތުން ނަގަން ނިންމާ އެ ގޯތީގެ ބަދަލުގެ އަގުގެ ގޮތުގައި ދައުލަތުން ހުށަހެޅި ބަދަލަކީ އަދުލުވެރި ބަދަލެއްކަމުގައި ކަނޑައަޅާ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުންކޮށްފައިވާ ޙުކުމުގެ އެބައި ބާތިލުކޮށް އެމައްސަލަ އަލުން ކަނޑައެޅުމަށްޓަކާ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ތަޙްވީލު ކުރާކަމަށެވެ.

ހުކުމް އިއްވަވަމުން ފަނޑިޔާރު ފާހަގަކުރެއްވި މައިގަނޑު ނުގުތާއަކީ ދަށު ކޯޓް ހުކުމް އަދުލުވެރި ބަދަލެއްގެ ގޮތުގައި ކަނޑައަޅައި ހުކުމުކޮށްފައިވަނީ ހަމައެކަނި ދައުލަތުން ހުށަހެޅި ވެލުއޭޝަން ރިޕޯޓެއްގެ މައްޗަށް ބިނާކޮށް ކަމަށާއި އަދި އެހުކުމްކޮށްފައިވަނީ އެފަރާތަކުން ޝަރީއަތުގައި އިންކާރުކޮށް ދައުލަތުން ހުށަހެޅި އަގަކީ އެކަށީގެންވާ އަގެއްކަމަށް ނުފެންނަ ކަމަށްބުނެ ގޯތީގެ އަގުގެ ގޮތުގައި ވަކި އަގެއް ހުށަހަޅާފައިވަނިކޮށް އެއަށް ރިޔާއަތްކުރުމެއް ނެތިކަމަށެވެ.

ގާނޫނޫ އަސާސީގައި ވާގޮތުން މީސްމީހުންގެ މުދަަލީ ނިގުޅައިގަނެގެންވާނެ ތަކެއްޗެއް ނޫންކަމަށާއި އަދި މީހެއްގެ މުދަލެއް ދައުލަތަށް ނަގަންވާނީ ކޯޓުން ކަނޑައަޅާ ޢަދުލުވެރި ބަދަލެއް އެ މުދަލެއްގެ ވެރިފަރާތަކަށް ދިނުމަށްފަހު ކަމަށެވެ. އަދި ވެލުއޭޝަން ރިޕޯޓްގައި ހިމަނާފައިވާ އަގުތައް ކަނޑައަޅެމުގައި ގެންގުޅެފައިވަނީ ކޮން އުސޫލަކުންކަމެއް ދައުލަތަކަށް ބުނެދެވިފައިވާނުވާކަމަށާއި ބާގެއެއްގެ އަގުދީގެން އާގެއް ނެހެދޭނެ ކަމަށާއި އެއީ އަދުލުވެރި ބަދަލަކަށް ނުވާނެކަމަށް ފަނޑިޔާރު ވަނީ ވިދާޅުވެފައެވެ.

ކުޅުދުއްފުށީ އެއާޕޯޓް ތަރައްގީކުރުމަށް އެސަރަހައްދުން 18 ގޯއްޗެއް ވަނީ ނަގާފަ އެވެ. އެ 18 ގޯތީގެ ތެރެއިން ދައުލަތުން ކަނޑައެޅި ބަދަލާމެދު ހިތްހަމަނުޖެހިގެން ހައިކޯޓްގައި އިސްތިއުނާފުކޮށްފައިވަނީ ކުޅުދުއްފުށީ/ ޑޭޒީވިލާ، އަލީ އިސްމާއިލް އާއި ކުލަވަރު، މުސާ ހަސަންގެ ގޯއްޗެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355