twitterviber whatsapp telegramfacebookyoutube instagram
6th December 2019

މިދިޔަ މަހު ކަސްޓަމްސް އަށް ލިބުނު އާމްދަނީ 13 އިންސައްތަ އިތުރުވެއްޖެ

ނަބީލާ އިސްމާޢީލް
Jul 13, 2019

ފާއިތުވި ޖޫން މަހު ދައުލަތަށް ލިބުނު އާމްދަނީ 2018 ވަނަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު 13 އިންސައްތަ ވަނީ އިތުރުވެފަ ކަމަށް ކަސްޓަމްސް އިން ހާމަކޮށްފިއެވެ.

މިދިޔަ އަހަރުގެ ޖޫން މަހު 235 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު މި އަހަރުގެ ޖޫން މަހު މި އަދަދުވަނީ 266 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

މީގެއިތުރުން ފާއިތުވި ޖޫން މަހު ރާއްޖެއިން އިމްޕޯޓް ކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު 2018 ވަނަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު 5 އިންސައްތަ ވަނީ ދަށްވެފައެވެ. ފާއިތުވި އަހަރުގެ ޖޫން މަހު ރާއްޖެއިން 3.5 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު މި އަހަރުގެ ޖޫން މަހު މި އަދަދުވަނީ 3.3 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ.

އިމްޕޯޓްކުރި މުދަލުގެ އަގުގެގޮތުން 19 އިންސައްތަ ޗައިނާ އަދި ޔޫ.އޭ.އީ އިން އިމްޕޯޓްކޮށްފައިވާއިރު ސިންގަޕޫރުން 13 އިންސައްތަ އަދި އިންޑިއާއިން 9 އިންސަައްތަ މުދާ އެތެރެކޮށްފައިވެއެވެ. ވޭތުވެދިޔަ ޖޫން މަހު އަގުގެގޮތުން ރާއްޖެއަށް އެންމެ ގިނައިން މުދާ އިމްޕޯޓްކުރި އަދި އެކްސްޕޯޓްކުރި ގާއުމުތަކަކީ ޖަރުމަންވިލާތު، ފަރަންސޭސިވިލާތު، ޔޫ.އޭ.އީގެ އިތުރުން އެމެރިކާ އާއި ކޮސްޓަރިކާއެވެ. އެންމެ ގިނަ އިންޕޯޓް ކުރި 5 ގައުމަކީ ޗައިނާ، ޔޫ.އޭ.އީ، ސިންގަޕޫރުގެ އިތުރުން އިންޑިއާ އާއި ސްރީލަންކާއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355