twitterviber whatsapp telegramfacebookyoutube instagram
20th August 2019

ގޮތް ނޭނގޭ ސިއްހީ މައްސަލަތަކެއް، އެދެނީ ދީލަތި އެހީއަށް!

ނަބީލާ އިސްމާޢީލް
Jul 14, 2019
1

ކޮންމެ އިންސާނަކުވެސް ދިރިއުޅުމަށްޓަކާ އެތަކެއް ހުވަފެންތަކެއް ދެކެ އެވެ. އެތަކެއް އުންމީދުތަކެއް ކުރެ އެވެ. ހަމަ އެހެންމެ ދުނިޔެމަތީގައި އެތަކެއް އިމްތިހާނު ތަކަކާއި ކުރިމަތިލާން ޖެހެއެވެ. މި ހުރިހާ ކަމެއް މިހެން އޮތް އިރުގައި ކޮންމެ އިންސާނަކުވެސް އެންމެ ބޮޑު އުންމީދަކަށް ވާނީ ދުޅަހެޔޮ ސިއްހަތެއް މިންވަރު ކުރެއްވުން ކަމާމެދު ޝައްކެއްވެސް ނެތެވެ. ނަމަވެސް ބައެއް ފަރާތް މިކަމުގައިވެސް އިމްތިހާނު ކުރެވެ އެވެ.

ގއ ދާންދޫގައި ދިރިއުޅެމުންދާ އުމުރުން 30 އަހަރުގެ އަހުމަދު ސުޖާއުއަކީވެސް އެތަކެއް ސިއްހީ މައްސަލަތަކާއި ވޭނުގައި އުޅެމުންދާ ފަރާތެކެވެ. ސުޖާއު ގައިގާ ފިއްގަނޑުތަކެއް ނަގާ ގައިގަ ރިއްސާ، ނެވާޔަށް އުނދަގޫވެ ކަންތައް ވާތީ ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރުން ބުނަނީ އެއީ ލޭގައި އުފެދޭ ޖަރާސީމެއްގެ ސަބަބުން ދިމާވާކަމެއް ކަމުގައެވެ. އަނެއް ބައި ޑޮކްޓަރުން ބުނަނީ އެއީ އެލާޖިކެއްގެ ސަބަބުން ދިމާވާ ކަމެއް ކަމުގަ އެވެ. ނަމަވެސް އެލާޖިކް ވަނީ ކޮން އެއްޗަކަށް ކަމެއް ޑޮކްޓަރުންނަކަށް ބުނެއެއް ނުދެވޭ ކަމަށެވެ.

ކޭއޯ އަށް މައުލޫމާތު ދެމުން ސުޖާއުގެ އަންހެނުން ޝަރުމީލާ ބުނިގޮތުން ކުޑައިރުންސުރެން މައިބަދައިގައި ރިއްސާތީ އުޅޭކަމަށާއި އަދި ބޮލުގައި ރިއްސާތީ ދެއްކުމުން އެނގުނުގޮތުގައި ސިކުނޑީގައި ލޭކޮޅެއް ގަނޑުވާކަމަށެވެ. ފަހުން ބަނޑުގައި ރިއްސާތީ އޭޑީކޭއަށް ދެއްކުމުން އެނގުނު ގޮތުގައި ލިވާރ ގައިވެސް މައްސަލަތަކެއް އުޅޭ ކަމަށެވެ. ނަމަވެސް އަތާ ފައި އައްސިވެ ދުޅަވަނީ ކީއްވެގެން ކަމެއް އެނގިފައި ނުވާކަމަށެވެ. މި ކަންކަމަށް ދެނީ އެންޓިބައޮޓިކް ފަދަ ބޭސްތަކެވެ. ނަމަވެސް އެ ބޭސްތަކުން އަސަރެއް ނުކުރެ އެވެ.

ސުޖާއުގެ އަންހެނުން ބުނީ ކޮންމެ ދުވަހަކުވެސް ބޮލުގައި ރިއްސާ ނޭވާ ހާސްވެ، މެއަށް ތަދުވެގެން ދިއުމުން، އީ.ސީ.ޖީ ހަދާފައި އެއްވެސް މައްސަލައެއް ނެތްކަމަށްބުނެ ގެއަށް ފޮނުވާލަނީ ކަމަށެވެ.

ސުޖާއުގެ ނާރުގެ ޓެސްޓްތަކާއި ލިވާގެ ޓެސްޓުވެސް ހަދަން ރާއްޖެއިން ބޭރަށް ދާންޖެހޭ ކަމަށްބުނެ، ޑޮކްޓަރުންވަނީ އެކަމަށް ލަފާ ދީފައެވެ. އަދި މިކަން ކުރުމަށް އާސަންދަވެސް ވަނީ ހަމަޖެހިފައެވެ. ނަމަވެސް ބޭރުގައި މަޑުކުރަން ޖެހޭނީ ކިހާދުވަހަކުކަމެއް ނޭންގެއެވެ. ފިރިމީހާއަށް ލިބޭ އެއްޗަކުން އާއިލާއެއްބަލަހައްޓަމުން ދާމީހެއްކަމުން ބަލި ހާލަތު ހުރި ގޮތުން ރަނގަޅަށް ވަޒީފާއެއް އަދައެއް ނުކުރެވެއެވެ. އެހެން ކަމުން މަހަކު ހަމަ މުސަރަ ނުވެސް ލިބޭ ކަމަށެވެ.

އާސަންދައިން ބޭސްފަރުވާގެ ކަންކަން ހަމަޖެހިފައި ވީނަމަވެސް ރާއްޖެއިން ބޭރަށް ފުރެން އަންނަނީ އިތުރު އެހީތެރިކަން ލިބިގެން ކަމަށެވެ. އެހެންކަމުން ސުޖާއުގެ އާއިލާއިން އެދެނީ ތިޔަ އެންމެހާ ބޭފުޅުންގެ ދީލަތި އެހީތެރިކަން މިކަމުގައި ވެދެއްވުމެވެ.

އެކައުންޓް ނަން: ޝަރުމީލާ އާދަމް

އެކައުންޓް ނަމްބަރު (ރުފިޔާ): 7704441020101

ގުޅޭނެ ނަމްބަރު: 9818778 ޝަރުމީލާ އާދަމް (ސުޖާއުގެ އަންހެނުން)

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355