twitterviber whatsapp telegramfacebookyoutube instagram
20th August 2019

ދެވަނަ ބުރުގެ މަތިން އަހަރީ ފީ ނުދައްކާ 1597 ކުންފުންޏެއް އުވާލަނީ

ޚަދީޖާ އާދަމް
Jul 14, 2019

އިކޮނޮމިކް މިނިސްޓްރީން ދެވަނަ ބުރެއްގެ މަތިން އަހަރީ ފީ ނުދައްކާ 1597 ކުންފުންޏެއް އުވާލަން އިއުލާންކޮށްފި އެވެ.

ފުރަތަމަ ބުރުގައި އުވާލަން އިއުލާން ކުރި ލިސްޓުގައި 523 ކުންފުނި ހިމެނެއެވެ. އެ ލިސްޓުގައި އުފެއްދިތާ 30 އަހަރުވެފައިވާ ކުންފުނިތައްވެސް ހިމެނެއެވެ.

އިކޮނޮމިކް މިނިސްޓްރީން އުވާލަން އިއުލާނުކޮށްފައިވާ ލިސްޓުގައި ހިމެނެނީ 2002 ވަނަ އަހަރާއި 2006 ގެ ނިޔަލަށް ރަޖިސްޓްރީކޮށްފައިވާ ކުންފުނި ތަކެވެ. މިފަހަރު އިއުލާނުކޮށްފައިވާ އިންއެކްޓިވް ކުންފުނިތަކުގެ ތެރޭގައި 1979 އަހަރުން ފެށިގެން 2000 ވަނަ އަހަރާ ދެމެދު އުފައްދާފައިވާ ކުންފުނިތައްވެސް ހިމެނެއެވެ.

މި ކުންފުނިތައް އުވާލަނީ ކުންފުނި އުވާލަން ރަޖިސްޓްރާ އޮފް ކޮމްޕެނީސް ކަނޑައަޅައި އުވާލުމަށް އަމަލު ކުރާނެ ގޮތުގެ ދެވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިންނެވެ. އެ މާއްދާގައިވާ ގޮތުން އަހަރީ ފީ ނުދައްކައިފިނަމަ ކުންފުނި އުވާލަން ރަޖިސްޓްރާ އޮފް ކޮމްޕެނީސް އަށް ލާޒިމް ވާނެ އެވެ.

އުވާލަން އިއުލާނު ކޮށްފައިވާ ކުންފުނިތަކުގެ ލިސްޓުގައި ހިމެނޭ އެއްވެސް ކުންފުންޏެއް އަލުން ހިންގަން ބޭނުންނަމަ ފުރިހަމަ ކުރަންޖެހޭ ހުރިހާ އިލްތިޒާމްތައް އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ކުރިން ފުރިހަމަކޮށް އެ މިނިސްޓްރީ އަށް ހުށަހަޅަން ވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355