twitterviber whatsapp telegramfacebookyoutube instagram
20th August 2019

ފޯރިގަދަ މެޗަކަށްފަހު ސާއްބަ ފައިނަަލަށް

ޚަދީޖާ އާދަމް
Jul 18, 2019

ފެންޓަގްރާމު ހިރަފުސް ކަޕުގައި މިއަދު ކުޅުނު ސެމީ ފައިނަލްގެ ދެވަނަ މެޗު 4-2 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ ހަނިމާދޫގެ ސާއްބަ އެކުވެރިންގެ ކުލަބެވެ.

ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީ ކުޅެވުނު މި މެޗުގައި އިދިކޮޅުން ބައްދަލުކުރީ ގްރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދަތުރުކުރި ނޮޅިވަރަމް ކްލަބު ތިލަދުންމައްޗެވެ.

ވަރަށް ވަރުގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ލަނޑު ސާއްބައަށް ކާމިޔާބުކޮށްދިނީ ހުސެއިން ޝަރީފެވެ. މެޗުގެ ދެވަނަ ލަނޑު އޭގެ އިރުކޮޅެއްފަހުން އާސިފް ސަލީމް ކާމިޔާބުކޮށް ކްލަބު ތިލަދުންމަތި ހާސްކޮށްލި އެވެ.

މެޗުގެ ފުރަތަމަ ހާފު ކްލަބު ތިލަދުންމައްޗަށް އެއްވެސް ލަނޑެއް ކާމިޔާބު ނުވެ ނިމުނުއިރު ފަހު ހާފު ފަށައިގެން އެޓީމަށް ލިބުނު ޕެނަލްޓީއެއްގައި ލަނޑު ޖަހާ ވަނީ ފަރަގު ކުޑަކޮށްދީފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު މަފާޒެވެ.

ދެޓީމުގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ދެން ފެނިގެން ދިޔައީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ސާއްބަގެ ހުސެއިން ޝަރީފު އިތުރު ލަނޑެއް ޖަހާދީ ނަތީޖާ 3-1 ބަދަލު ކުރިތަނެވެ.

މާގިނަ އިރުތަކެއް ނުވެ ކްލަބު ތިލަދުންމަތިން ލަނޑެއް ޖަހާ މެޗުގެ ފޯރި އިތުރަށް ގަދަކޮށްލި އެވެ. ނަމަވެސް ހުސެއިން ޝަރީފު ވަނީ އިތުރު ލަނޑެއްޖަހާ އޭނާގެ ހެޓްރިކް ފުރިހަމަކޮށް ސާއްބައަށް ފައިނަލް ކަށަވަރުކޮށްދީފަ އެވެ.

މުބާރާތުގެ ފައިނަލް މެޗުގައި ސްކައި އަދި ސާއްބަ ބައްދަލު ކުރާ މެޗު އޮންނާނީ ހޮނިހިރު ދުވަހު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355