twitterviber whatsapp telegramfacebookyoutube instagram
20th August 2019

ހިރަފުސް ކަޕްގެ ތަށި ހަނިމާދޫ، ސާއްބަ އިން އުފުލާލައިފި

އަބްދުލް ވާހިދު ޙަސަން
Jul 20, 2019
1

ކުޅުދުއްފުށީގައި ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހަނިމާދޫ، ސާއްބަ އެކުވެރި ކުލަބުން އުފުލާލައިފި އެވެ. ސާއްބަ ޗެމްޕިއަންކަން ހޯދީ ސޮސައިޓީ ފޯރ ކުޅުދުއްފުށީ ޔޫތް(ސްކައި) ގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ހިރަފުސް ދަނޑުގައި މިއަދު ކުޅުނު މި ފޯރިގަދަ މެޗު ސާއްބައިން ކާމިޔާބުކުރީ 2-4 ތަފާތަކުންނެވެ. ދެ ޓީމުގެ މޮޅު ކުޅުމެއް ފެނިގެންދިޔަ މި މުބާރާތުގެ ސްކައި އަށް ވަނީ ދެ ޕެނަލްޓީ ލިބިފަ އެވެ. އެތަނުން އެއް ޕެނަލްޓީ ކާމިޔާބުކުރެވުނުއިރު އަނެއް ޕެނަލްޓީ ވަނީ ކީޕަރު ދިފާއުކޮށްފަ އެވެ.

ކުޅުދުއްފުށީގައި އެންމެ ފުޅާ ދާއިރާއެއްގައި އަންނައުނުގެ ވިޔަފާރިކުރަމުންދާ ޕެންޓަގުރާމުގެ މެއިންސްޕޮންސަރގެ ދަށުން ބޭއްވި މި މުބާރާތުގެ ވަނަތަކަށް ދިޔަ ފަރާތްތަކަށް މިއަދު ވަނީ ޓްރޮފީ ހަވާލުކޮށްފަ އެވެ.

މުބާރާތުގެ ހާއްސަ މަގާމުތައް ހޯދި ކުޅުންތެރިން:

  • ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާ- ހުސެއިން ޝަރީފް / ސާއްބަ
  • އެންމެ މޮޅު ގޯލްކީޕަރު – އިބުރާހިމް އަޒްލީން / ސްކައި
  • އެންމެ މޮޅު ޑިފެންޑަރު – މުހައްމަދު އަބުދުލް ގަފޫރު / ސާއްބަ
  • އެންމެ މޮޅު މިޑްފީލްޑަރު – ފަރުހަތު މުހައްމަދު / ސްކައި
  • އެންމެ މޮޅު ފޯވާޑް – ހުސެއިން އަބުދުލް ރަޝީދު / ސްކައި
  • އެންމެ އުންމީދީ ކުޅުންތެރިޔާ – ހުސެއިން ވަސީމް / ނޮޅިވަރަމް، ކުލަބު ތިލަދުންމަތި
  • އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ – ހުސެއިން އަބުދުލް ރަޝީދު / ސްކައި ( 7 ގޯލް)
  • މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ – ހުސެއިން ޝަރީފް / ސާއްބަ

މި މުބާރާތުގެ ހާއްސަ މަގާމުތަކަށް ދިޔަ ފަރާތްތަކަށް އިނާމާއި ޓްރޮފީ ހަވާލުކޮށްދެއްވީ، މެއިން ސްޕޮންސަރ ޕެންޓަގުރާމުގެ ވެރިޔާ އަބުދުﷲ މާހިރު އާއި ދިރާގު ކުޅުދުއްފުށީ އޮޕަރޭޝަން ސެންޓަރުގެ މެނޭޖަރު ސޯދިގް އަދި ހދ އެޓޯލް ޕޮލިސް ކޮމާންޑަރު ރަޖްނީ އަދި އަޕަރ ނޯތް ޕޮލިސް ޑިވިޝަންގެ ކޮމާންޑަރާއި މުބާރާތަށް އެކި ގޮތްގޮތަކަށް އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކުންނެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް -/20000 ރުފިޔާގެ ފައިސާގެ އިނާމް އަދި ރަނަރަފް ޓީމަށް -/5000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވެ އެވެ.

މިމުބާރާތުގައި މިއަހަރު 9 ޓީމަކުން ބައިވެރިވެފައިވާއިރު، މި މުބާރާތުގައި މިއަހަރު ވާދަކޮށްފައިވަނީ ސޮސައިޓީ ފޯރ ކުޅުދުއްފުށީ ޔޫތް ޓީމާ އާއި ބަޝީރު ސްޕޯޓްސް އެކަޑަމީގެ އިތުރުން ކްލަބް ކޮރަލްސް އާއި ޒިގްޒެގް ޓީމުގެ އިތުރުން ކުޅުދުއްފުށީ އެކުވެރިންގެ ދިރުމުން ނެވެ. މީގެ އިތުރުން މިމުބާރާތުގައި ރަށުން ބޭރުން ވާދަކުރީ ހަނިމާދޫ ސާއްބަ ޓީމާއި ނޮޅިވަރަން ކުލަބް ތިލަދުންމަތީގެ އިތުރުން ނޮޅިވަރަންފަރު ލައިކަން އަދި ހިރިމަރަދޫ ހިޔާ ޖަމިއްޔާއިންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355