twitterviber whatsapp telegramfacebookyoutube instagram
13th December 2019

ސަރުކާރުން މަޖިލީހަށް ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅަނީ

ނަބީލާ އިސްމާޢީލް
Jul 22, 2019

އަންނަ އޮގަސްޓުމަހު ސަރުކާރުގެ ފަރާތުން ސަޕްލިމެންޓްރީ ބަޖެޓެއް މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް ފިނޭނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ހާމަކުރައްވައިފިއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ހާމަކުރެއްވިގޮތުގައި ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހެޅުމުގެ މަސައްކަތް މިހާރު މިނިސްޓްރިން ކުރައްވަމުންގެންދަވާކަމަށާއި އަންނަ މަހު މަޖިލީހަށް މި ބަޖެޓް ހުށަހަޅާނެކަމަށެވެ. އަދި ބަޖެޓް ނިންމާ މަޖިލީހަށް ހުށަހެޅުމުގެ ކުރިން ބަޖެޓުގެ ތަފްސީލު އާންމުކުރާނެކަމަށްވެސް މިނިސްޓަރ އަމީރު ހާމަކުރިއެވެ.

ސަރުކާރު ވެރިކަމާއި ހަވާލުވުމުގެ ކުރިންވެސް ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅުމަށް ނިންމާފައިވެއެވެ. އެގޮތުން ވެރިކަމާއި ހަވާލުވާތާ ހަމަސް ދުވަހުގެ ތެރޭގައި ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅާނެކަމަށް ފިނޭންސް މިނިސްޓަރ އަމީރު ވަނީ މީގެ ކުރިންވެސް ވިދާޅުވެފައެވެ.

ނޫސްވެރިންނާއި ވާހަކަދައްކަވަމުން އިއްޔެ ޕްލޭނިންގ މިނިސްޓަރ އަސްލަމް ވަނީ ބަޖެޓްގެ ދަތިކަމާއި ހުރެ ގިނަ މަޝްރުއުތަކެއް ނުފެށި ހުރިކަމަށް ފާހަގަކުރައްވާފައެވެ. އަދި މިއީ މިދިޔަ އަހަރު ބަޖެޓް ފާސްކުރިއިރު ބައެއް މަޝްރޫއުތަކަށް އެކަށީގެންނުވާ ކުޑަ އަދަދުތައް ކަނޑައަޅާފައި ހުރުމުންކަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

އަންނަ އޮގަސްޓުމަހު ސަރުކާރުން ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅަން ނިންމާފައިވާއިރު ބަޖެޓްގައި ދިމާވެފައިވާ މިފަދަ ދަތިތައް ހައްލުވެގެންދާނެކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355