twitterviber whatsapp telegramfacebookyoutube instagram
7th December 2019

9 ޓީމާއެކު ޑަބުލިއުއެސްއޭ އިންޓަރ އޮފީސް ބާސްކެޓްބޯޅަ މުބާރާތް ފަށައިފި

އަބްދުލް ވާހިދު ޙަސަން
Jul 22, 2019

ކުޅުދުއްފުށީ، ޑަބުލިއު ސްޕޯޓްސް އެކަޑަމީން އިންތިޒާމުކުރާ އިންޓަރ އޮފީސް ބާސްކެޓް ބޯޅަ މުބާރާތް އިއްޔެ ފަށައިފި އެވެ. އޮފީސްތަކަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި 9 މުވައްސަސާއަކުން ވަނީ ބައިވެރިވެ އެވެ.

ޒޯން ސްޓޭޑިއަމްގެ ބާސްކެޓް ކޯޓްގައި ކުރިއަށްދާ މި މުބާރާތް ފެށުމުގެ ގޮތުން އިއްޔެ ހަވީރު ކުޅުނު މެޗުގައި ބައްދަލުކުރީ ދިރާގާއި ހދ އޭއީސީގެ ޓީމެވެ. މި މެޗު އެންމެ ސްކޯއެއްގެ ތަފާތު ކުރި ހޯދައިގެން ކާމިޔާބުކުރީ ދިރާގުގެ ޓީމެވެ. 55-54 ޕޮޓުން ނިންމާލި މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ ދިރާގުގެ، އަހުމަދު އަލީ މުސްތަފާއަށެވެ.

މުބާރާތުގެ މެއިން ސްޕޮންސަރ ދިރާގުން ހަމަޖައްސައިދީފައިވާއިރު ރޭ ވަނީ މުބާރާތުގެ ތިން މެޗު ކުޅެފަ އެވެ. އެގޮތުން ރޭ ވަނީ އަންހެނުންގެ ދެ މެޗެއް ކުޅެފަ އެވެ. ފުރަތަމަ ބައްދަލުކޮށްފައިވަނީ އޭޑީކޭ އާއި ހދ އޭއީސީގެ ޓީމެވެ. މި މެޗު 22-15 ނެގީ އޭއީސީގެ ޓީމެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އޭއީސީގެ މިންނާ ހަސަން އެވެ.

ރޭ ކުޅުނު ދެ ވަނަ އަންހެން މެޗުގައި ބައްދަލުކޮށްފައިވަނީ ދިރާގާއި ކޭއާރުއެޗުގެ ޓީމެވެ. މި މެޗު ކާމިޔާބުކުރީ 34-21 ޕޮޓުން ދިރާގެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ދިރާގުގެ، ފާތުމަތު ފައިރޫޒާ އާދަމެވެ.

ރޭގެ ދެވަނަ މެޗުގައި ކަސްޓަމްސް އާއި ދެކޮޅަށް ނިކުތީ އެސްޓީއޯ އެވެ. މި މެޗު ފަސޭހަކަމާއެކު ކާމިޔާބުކުރީ އެސްޓީއޯއިންނެވެ. އެއީ 49-69 ޕޮޓުންނެވެ.

މުބާރާތުގެ ހަތަރު މެޗެއް މިއަދުވެސް ކުޅެން ހަމަޖެހިފައިވެ އެވެ. ހަވީރު ބައްދަލުކުރާނީ އޭޑީކޭގެ ޓީމާއި ދިރާގުގެ ޓީމެވެ. ރޭގަނޑު ތިން މެޗެއް ކުޅުމަށްވަނީ ހަމަޖެހިފަ އެވެ.

މުބާރާތުގެ ފައިނަލް މެޗު މިމަހު 28 ވަނަ ދުވަހު ރޭގަނޑު 20:15 އަށް ތާވަލުކޮށްފައިވާއިރު މި މެޗު އައިސް ޓީވީ ވަގުތު ދައްކާނެކަމަށް ޑަބުލިއު ސްޕޯޓްސް ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355