twitterviber whatsapp telegramfacebookyoutube instagram
20th August 2019

އެމްއައިބީން އާންމުންނަށް ހިއްސާ ގަތުމުގެ ފުރުސަތު

ނަބީލާ އިސްމާޢީލް
Jul 25, 2019
1

ކަސްޓަމަރުންގެ އިތުބާރުލިބިފައިވާ ރާއްޖޭގައި ކޮމާޝަލް ބޭންކިންގެ ހިދުމަތްދޭ ބޭންކުތަކުގެ ތެރެއިން ބޭންކެއް ކަމުގައިވާ އިސްލާމިކް ބޭންކުގެ ހިއްސާ ދިވެހިންނަށް ގަތުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެގޮތުން އެ ބޭންކުގެ 31 އިންސައްތަ ހިއްސާ އާންމުންނަށް ވިއްކުމަށް ނިންމާ، މި މަހު 28 ގައި ވިއްކަން ފަށާނެކަން ވަނީ އެ ބޭންކުން އިއުލާނުކޮށްފަ އެވެ. އަދި ހިއްސާ ގަތުމުގެ ފުރުސަތު ހުޅުވާލެވިފައި ވަނީ ސެޕްޓެމްބަރ 18ގެ ނިޔަލަށެވެ. އެއީ 244 މިލިއަން ރުފިޔާގެ ހިއްސާއެވެ.

އޮންލައިންކޮށް އަދި އެ ބޭންކުގެ ބްރާންޗުތަކަށް ގޮސްގެން ވެސް ހިއްސާ ގަނެވޭނެ އެވެ. އެމްއައިބީގެ ހިއްސާ ގަންނަން ބޭނުންވާ ފަރާތްތަކަށް އެމްއައިބީގެ އިތުރުން ބީއެމްއެލްގެ އޮންލައިން ބޭންކިން ދިރާގު ޕޭ، އުރީދޫ އެމް ފައިސާ މެދުވެރިކޮށް ވެސް ފައިސާ ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ.

ވިއްކަން ނިންމާފައި ވަނީ އިސްލާމިކް ބޭންކުގެ 4.5 މިލިއަން ހިއްސާ (157 ރުފިޔާގެ ހިއްސާ) އާއި އިސްލާމިކް ކޯޕަރޭޝަން އޮފް ދަ ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓާގެ 2.4 މިލިއަން ހިއްސާ (87 މިލިއަން ރުފިޔާގެ ހިއްސާ) އާ އެކު ޖުމްލަ އާންމު ހިއްސާގެ 6.10 މިލިއަން ހިއްސާ އެވެ.

ހިއްސާއެއްގެ 35 ރުފިޔާއަށް ވިއްކާއިރު ކޮންމެ ފަރާތަކަށްވެސް މަދުވެގެން ފުރަތަމަ ގަނެވޭނީ 20 ހިއްސާކަމަށް ވާއިރު އެއީ ޖުމްލަ 700 ރުފިޔާގެ ހިއްސާއެވެ. މި އަދަދު 10 ހިއްސާއިން ބޭނުން ވަރަކަށް އިތުރު ކުރެވޭނެއެވެ. އަދި މި އަހަރުގެ 8 އޮކްޓޯބަރ ގައި ހިއްސާ އެލޮޓް ކުރެވޭނެކަމަށް ލަފާކުރެވޭ ކަމަށާއި ވިއްކަން ހަމަޖެހިފައިވާ ހިއްސާގެ އަދަދަށްވުރެ އިތުރުވާ ފައިސާ އަނބުރާ 28 އޮކްޓޯބަރ ގައި ރައްދު ކުރެވޭނެ ކަމަށް ލަފާކުރާ ކަމަށް ބޭންކުން މައުލޫމާތު ދެއެވެ.

އަދި އެލޮކޭޓް ކުރެވޭ ހިއްސާ މިއަހަރުގެ 06 ނޮވެމްބަރުގައި އެމްއެސްޑީގައި ޑިޕޮސިޓް ކުރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި ހަމަ މި ތާރީހުގައި ހިއްސާގެ ބާޒާރުގައި މުއާމަލާތު ކުރަން ފެށޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355