twitterviber whatsapp telegramfacebookyoutube instagram
20th August 2019

ހޯރަފުށީގައި އެއާޕޯޓު އެޅުމަށް ބޭނުންވާ ބިމުގެ 90 ޕަސެންޓު ހިއްކާ ނިމިއްޖެ

ޚަދީޖާ އާދަމް
Jul 25, 2019

ހއ ހޯރަފުށީގައި އެޅުމަށް ހަމަޖެހިފައިވާ އެއާޕޯޓަށް އެރަށު ފަޅުތެރެއިން ހިއްކަން ޖެހޭ ބިމުގެ 90 ޕަސެންޓް ހިއްކާ ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ބިން ހިއްކުމުގެ މަސައްކަތް މި މަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ މާރޗު މަހު 25 ވަަނަ ދުވަހުއެވެ. އަދި ބިން ހިއްކުމުގެ މަސައްކަތް އެމްޓީޓީސީން ފަށާފައިވަނީ އޭޕްރިލް މަހުގެ ތެރޭގައެވެ.

ހޯރަފުށި އެއާޕޯޓުގެ މަޝްރޫއަކީ 198،390،988.58 (ސަތޭކަ ނުވަދިހަ އަށް މިލިއަން ތިރީސްނުވަ ހާސް ނުވަ ސަތޭކަ އަށްޑިހަ އަށެއް) ރުފިޔާގެ ޕްރޮޖެކްޓެކެވެ.

މީގެ ކުރިން މާފިނޮޅުގައި އެޅުމަށް ހަމަޖެހުނު އެއާޕޯޓު ހޯރަފުށީގައި އެޅުމަށް ނިންމާފައިވަނީ މި ސަރުކާރުން ފެހިކަން ގަދަ ރަށްރަށުގެ ފެހިކަން ގެއްލޭނެހެން ތަރައްގީގެ މަޝްރޫއުތަށް ކުރިއަށް ނުގެންދިއުމަށާއި ހޯރަފުއްޓަކީ ބިން ބޮޑު ރަށަކަށްވާތީ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355