twitterviber whatsapp telegramfacebookyoutube instagram
20th August 2019

އުރީދޫން ޖަލާލުއްދީން ސްކޫލަށް މުސައްލައާއި މުސްހަފު ހަދިޔާކޮށްފި

އަބްދުލް ވާހިދު ޙަސަން
Aug 1, 2019
2

އުރީދޫ މޯލްޑިވްސްއަށް 14 އަހަރު ފުރުމުގެ މުނާސަބަތުގައި ހިންގާ ހަރަކާތްތަކުގެ ތެރެއިން ޖަލާލުއްދީން ސްކޫލަށް މުއްސަލަ އާއި މުސްހަފު ހަދިޔާކޮށްފި އެވެ. މިތަކެއްޗަކީ ފުދޭވަރަށް ރަނގަޅު ކޮލިޓީއެއްގައި ހަދާފައިވާ ތަކެއްޗެވެ.

ޖަލާލުއްދީން ސްކޫލުގައި މިއަދު އޮތް އެސެމްބުލީގައި މިތަކެތި ސްކޫލާއި ހަވާލުކޮށްދެއްވީ ކުޅުދުއްފުށީގައި ހުންނަ އުރީދޫ އޮޕަރޭޝަން ސެންޓަރުގެ ސޭލްސް މެނޭޖަރ އަބުދުލް މުހައިމިނު އެވެ. ސްކޫލުގެ ފަރާތުން ތަކެއްޗާ ހަވާލުވީ ޕްރިންސިޕަލް އައިމިނަތު މުހައްމަދެވެ.

މި އެސެމްބުލީގައި ވާހަކަދައްކަވަމުން މުހައިމިނު ވަނީ ޓެކްނޮލޮޖީގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ދަރިވަރުންނަށް ގޮވާލާފަ އެވެ. އަދި ޓެކްނޮލޮޖީ ދާއިރާގެ ކަންކަން ދަސްކޮށް އެދާއިރާގެ ހުރި ފުރުސަތުތަކާ ބެހޭގޮތުން އޭނާ ވަނީ ވާހަކަދައްކަވާފަ އެވެ.

މީހުން ބިނާކުރުމުގެ އެންމެ މުހިންމު ރޯލެއް އަދާކުރަނީ ސްކޫލުތައްކަން ފާހަގަކުރައްވަމުން މުހައިމިނު ވިދާޅުވީ އުރީދޫން އަބަދުވެސް މަސައްކަތްކުރަނީ ކޮމިއުނިޓީއަށް ބޭނުންތެރި ކަމެއް ކޮށްދެވޭތޯ ކަމަށެވެ.

ޕްރިންސިޕަލް އައިމިނަތު މުހައްމަދު ވިދާޅުވީ އުރީދޫ އާއި އެސްކޫލާ ދެމެދު އޮންނަނީ ވަރަށް ގާތް ގުޅުމެއް ކަމަށާއި އެސްކޫލަށް އުރީދޫން އަންނަނީ ގިނަ ކަންތައްތައް ކޮށްދެމުން ކަމަށެވެ.

އުރީދޫގެ އަހަރީ ދުވަހާ ގުޅުވައިގެން ކުރިއަށްގެންދާ ހަރަކާތްތަކުގައި މިއަދު ހަވީރު ކުޅުދުއްފުށީގައި ބައިސްކަލް ބުރެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

އުރީދޫ ނެޓްވޯކް ބޭނުންކުރާ 190 މިލިއަން ކަސްޓަމަރުން ދުނިޔޭގެ އެކި ސަރަހައްދުތަކުގައ އުޅެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355