twitterviber whatsapp telegramfacebookyoutube instagram
20th October 2019

އޮޑިވެރިން ހުށަހެޅި ކަންތައްތައް ކޮށްދޭނެކަމަށް ސަރުކާރުން އަންގައިފި

އަބްދުލް ވާހިދު ޙަސަން
Aug 6, 2019
1

ކުޅުދުއްފުށީގައި މިހާރު ހަދަމުންދާ ބަނދަރުގެ މަސައްކަތް ކުރިއަށްގެންދާނީ އޮޑިވެރިން އެދޭ ގޮތަށްކަމަށް ސަރުކާރުން ކައުންސިލަށް އަންގާފައިވާކަމަށް ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ވިދާޅުވެއްޖެ އެވެ.

އެގޮތަށް ސަރުކާރުން އަންގާފައިމިވަނީ ބަނދަރު ހަދަމުންދާ ގޮތާމެދު އޮޑިވެރިންގެ ހިތްހަމަނުޖެހިގެން ނައިބު ރައީސް ފައިސަލް ނަސީމްއާ މިދިޔަ ހަފުތާތެރޭ ބައްދަލުކޮށް ކަންބޮޑުވުންފާޅުކޮށްފައިވަނިކޮށްނެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ވިދާޅުވީ މިދިޔަ ހުކުރު ދުވަހު އޮޑިވެރިން ނައިބު ރައީސްއާ ބައްދަލުކޮށް ބަނދަރު މައްސަލާގައި ހުށަހެޅި ކަންތައްތައް ސަރުކާރު ކޮށްދެއްވާނެކަމަށް ކައުންސިލަށް އަންގާފައިވާ ކަމަށެވެ. އެކަން ކައުންސިލަށް އެންގީ ނައިބު ރައީސް ފައިސަލް ނަސީމް ކައުންސިލަށް ފޯނަށް ގުޅުއްވައި އެވެ.

ނައިބު ރައީސް ފައިސަލް ނަސީމްއާ ހަވާލާދީ ލަތީފް ވިދާޅުވީ އޮޑިވެރިން ހުށަހެޅި ކަންތައްތަކުގެ ތެރޭގައި ހިމެނޭ ބައެއް ކަންތައްތައް މިއަހަރު ކުރަން ނިންމާފައިވާއިރު އަނެއް ބައި ކަންތައްތައް ކުރަން ނިންމާފައިވަނީ އަންނަ އަހަރުގެ ބަޖެޓްގައި ހިމަނައިގެން ކަމަށެވެ.

ބަނދަރުގެ މައްސަލަ ހައްލުކުރައްވާނެކަމަށް ސަރުކާރުން ހާމަކޮށްފައިމިވަނީ އެ މަސައްކަތް ހުއްޓުވާނެކަމުގެ އިންޒާރު އޮޑިވެރިންތަކެއް ދީފައިވަނިކޮށްނެވެ.

126 މިލިއަން ރުފިޔާގެ މިމަޝްރޫއަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މަޝްރޫއު އެކެވެ.

މި ބަނދަރަކީ 1100 ފޫޓް ދިގު 500 ފޫޓް ފުޅާ ބަނދަރެކެވެ. މިމަޝްރޫއުގެ ދަށުން މި މަޝްރޫއުގައި މުދާ އުފުލުމާއި ދަތުރުވެރިންނަށް ހާއްސަ ބަނދަރެއް ހަދާ އާ ނެރެއް ކެނޑުން ހިމެނޭއިރު، ކުދި އުޅަނދު ފަހަރަށް ޖެޓީތަކެއް ހެދުމާއި މުދާ އުފުލާ ބޭލުމަށް ރޭމްޕެއް ހެދުންވެސް ހިމެނެއެވެ. އަދި ބަނދަރު ބޭރު ތޮށީގައި އޮޑި ދޯނި ފަހަރު އެޅޭއިރު ބަނދަރުގެ އަރިމަތީ ތޮށީގައިވެސް ޖެޓީތަކެއް ލެވިފައި ހުންނާނެ އެވެ.

ފެރީ ޓާމިނަލް އިމާރާތަކާއި ފެރީ އޮޕަރޭޓްކުރާ ފަރާތްތަކަށް ޓިކެޓް ކައުންޓަރުތައް ހެދުމާއި، އޮފީސްތަކާއި ރީޓެއިން ފިހާރައެއްގެ އިތުރުން ކޮންވޭނިއަންސް ސްޓޯރު ކެފޭއާއި މައިންނަށް ހާއްސަ ސަރަހައްދެއް ތަރައްޤީ މި މަޝްރޫއުގެ ތެރެއިން ކުރެވިގެންދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355